ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 09:00
މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
އެޖެންޑާ 19 ރަށަށް
މަޝްރޫއުތައް ހިންގާ ފަރާތަކީ އެ ސިޓީގެ ކުންފުންޏެއްނަމަ އިތުރު ޕޮއިންޓު ލިބޭގޮތަށް އުސޫލަށް ބަދަލުގެންނަނީ
 
އެ އުސޫލުން ބަދަލުކޮށްގެން މަޝްރޫއުތައް ހިންގަން ފެށުމުން މަޝްރޫއުތަކުގެ ފައިސާ، އައްޑޫ ސިޓީގައި މިހާރަށް ވުރެ ބޮޑަށް ހިފެހެއްޓޭނެ ކަމަށް

މަޝްރޫއުތައް ހިންގާ ފަރާތަކީ އެ ސިޓީގެ ކުންފުންޏެއްނަމަ އިތުރު ޕޮއިންޓު ލިބޭގޮތަށް ޓެންޑަރިން އުސޫލަށް ބަދަލުގެންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ފޭދޫ އެމްޑީޕީ ޖަގަހައިގައި އެ ދާއިރާގެ އެމްޑީޕީ މެމްބަރުންނާއި މުޚާތަބުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ފައިސާ ސިޓީ ކައުންސިލުން ހިފެހެއްޓޭގޮތަށް މަޝްރޫއުތަކުގެ ޚުލާސާ އެކުލަވާލާއިރު ބާރު އަޅުއްވާނެ ކަމަށެވެ. އަދި އެ މަޝްރޫއުތައް ހިންގާ ފަރާތްތަކަކީ އަދި ސަޕްލައިކުރާ ފަރާތްތަކަކީވެސް ސިޓީގެ ފަރާތްތަކަށްވާގޮތަށް ޓެންޑަރގެ އުސޫލުތަކަށް ބަދަލު ގެނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މަޝްރޫއުތަކަކީ އެ ކަންކަން، އެ މަސައްކަތްތައް ހިންގާ ފަރާތްތަކަކީ، މި ސިޓީގެ ކުންފުނިތަކަށްވުމަށް، އަދި ސަޕްލައި ކުރާ ފަރާތްތަކަކީ ވެސް މި ސިޓީގެ ސަޕްލައިޔަރުންކަމަށް ހެދުމަށް ޓެންޑަރ ގެ އުސޫލުތަކަށް ބަދަލު ގެނެވޭނެ. އެއީ ޕޮއިންޓު ދިނުމުގައި، ކޮންޓްރެކްޓެއް ދިނުމުގައި ޕޮއިންޓު ދިނުމުގެ އުސޫލުތަކަށް ބަދަލު ގެނެވޭނެ. އައްޑޫ ސިޓީގެ ކޮންޓްރެކްޓަރަކަށް ވަނީވިއްޔާ އިތުރަށް ޕޮއިންޓު ދެވޭނެ. އެ ސަޕްލަޔަރަކީ އައްޑޫ ސިޓީގެ ސަޕްލަޔަރަކަށް ވަނީވިއްޔާ އިތުރަށް ޕޮއިންޓު ދެވޭނެ.

އެ އުސޫލުން ބަދަލުކޮށްގެން މަޝްރޫއުތައް ހިންގަން ފެށުމުން މަޝްރޫއުތަކުގެ ފައިސާ، އައްޑޫ ސިޓީގައި މިހާރަށްވުރެ ބޮޑަށް ހިފެހެއްޓޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ފައިސާ ހިފެހެއްޓޭނީ އެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ކުންފުނިތަކަށް އެ މަޝްރޫއުތައް ހިންގުމުގެ ހުނަރާއި މާލީ ފެންވަރު ހުންނާނެގޮތަކަށް ކަންކަން ހަމަޖެހުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފޭދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވުނު މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އެ ބައްދަލުވުމަށް އައި މެމްބަރުންގެ ސުވާކުތަކަށް ޖަވާބު ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް