ކ. މާލެ
|
19 ޖެނުއަރީ 2020 | އާދީއްތަ 19:20
ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޙަސަންދީދީ
ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޙަސަންދީދީ
ސަން އޮންލައިން
ގއ. ކަނޑުހުޅުދޫ
ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް: އޮރިޔާން ކާޑުން ފެށިގެން ގޮސް މާރާމާރީ އަށް ހިތްވަރުދިނުމުގެ މައްސަލަތައް!
 
ހުތުރު އެއްޗެތި ގޮވިކަމަށް ބުނާ މައްސަލައެއް ހުށައެޅިފައިވޭ
 
އޭނާ ހުރީ މަގާމުން ސަސްޕެންޑްކޮށްފައި
 
ސީރިޔަސް މައްސަލަތަކެއް ހިމެނޭ

ސަސްޕެންޑްކޮށްފައިވާ ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޙަސަންދީދީއާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައެޅިފައިވާ މައްސަލަތައް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހަސަން ދީދީއާ ގުޅޭ ހަތް މައްސަލައެއް ޖޭއެސްސީއަށް ވަނީ ހުށައެޅިފައެވެ. އެ ކޮމިޝަނުން ދަނީ އެ ހުރިހާ މައްސަލަތަކެއް ބަލަމުންނެވެ.

އެ މައްސަލަތަކަކީ:

  • މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމުގެ ޝަކުވާއާއި، މާލިއްޔަތު ޤަވާއިދާއި ހިލާފަށް އަމަލުކުރުމަށް މުވައްޒަފުންނަށް
  • މަޖުބޫރުކުރާ މައްސަލަ
  • އިސްމެޖިސްޓްރޭޓް ޙަސަން ދީދީގެ މައްޗަށް ތުހުމަތުކޮށް އޭނާ އަވަގުރާނަ ގޮވިކަމަށްބުނެ ހުށަހެޅުނު މައްސަލަ
  • އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ ކަމަށްބުނެ ހުށަހެޅުނު މައްސަލަ
  • ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  • ހެކިންގެ ބަޔާން ނެގުމަށް ހުރަސްއަޅާ ކަމަށްބުނެ ހުށަހެޅުނު މައްސަލަ
  • މާރާމާރީ ހިންގުމަށް ހިތްވަރު ދިންކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  • ހުތުރު އެއްޗެތި ގޮވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ

ޖޭއެސްސީ ބުނީ، މި މައްސަލަތަކުގައި ހަސަން ދީދީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 އިން 23 ގައި ކޮމިޝަންގެ ކޮމިޓީއަށް ހާޒިރުކޮށް އޭނާގެ މައްޗަށް ހުށަހެޅިފައިވާ ޝަކުވާއާ ގުޅޭގޮތުން އެފަރާތުގެ ބަހެއް ހޯދަފައެވެ. އަދި ހަސަން ދީދީ މަސައްކަތަށް ނުކުމެ އުޅުމަކީ ކޮމިޓީން ކުރަމުންދާ ތަހުގީގަށް ހުރަސްތަކެއް އެޅިދާނެފަދަ ފުރުޞަތު އޮތްކަމެއް ކަމަށް ބެލެވޭތީ، މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ޙަސަން ދީދީ ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
5%
20%
0%
70%
5%
0%
ކޮމެންޓް