ކ. މާލެ
|
18 ޖެނުއަރީ 2020 | ހޮނިހިރު 08:44
ޕީޖީ ޝަމީމް
ޕީޖީ ޝަމީމް
ރާއްޖެއެމްވީ
ޖިންސީ ގޯނާގެ މައްސަލަ
ކުއްޖާގެ މުނިކާފަ ޖިންސީ ފުރުއްސާރަ ކުރި ވީޑިއޯއެއްގެ މައްސަލަ ބަލަން އެދެފި
 
މާލޭގެ އިތުރުން ހުޅުމާލޭގައި މުޒާހަރާކޮށްފައިވޭ
 
ކާފަ އަދި މުނިކާފަގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައި
 
އެކަން ހާމަކުރެއްވީ ޖީހާން

ގއ. ކަނޑުހުޅުދޫގައި ޖިންސީ ޝިކާރައަކަށްވި ދެ އަހަރުގެ އަންހެން ކުއްޖާގެ މުނިކާފަ ކުޑަ ކުއްޖަކަށް ޖިންސީ ފުރުއްސާރަ ކުރި ވީޑިއޯގެ މައްސަލަ އެއް ބަލަން ޕްރޮސެކިއިޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އެދިވަޑައިގެންފިއެވެ.

ކުޑަ ކުއްޖާގެ މައްސަލާގައި ރައްޔިތުން ރުޅިގަދަވެފައި ވަނިކޮށް ހުކުރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ހުކުރު ދުވަހު ބޭއްވި ކުއްލި ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ، ސޯޝަލް މީޑިއާގައި، އެ ކުއްޖާގެ މުނިކާފަ ކުޑަ ކުއްޖަކަަށް ޖިންސީ ގޯނާކުރަން މަސައްކަތްކުރާ ވީޑިއޯއެއްގެ މައްސަލަ ޕީޖީގެ އަމިއްލަ އިސްނެންގެވުމުގެ މަތިން ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ ކުއްޖާގެ މުނިކާފަ ކުޑަ އަންހެން ކުއްޖަކު ކައިރީ ޖިންސީ ގުޅުން ހިންގަން ކޮޓަރިއަށް އަންނަ ބުނާތަނެވެ. އެކަމަކު އެމީހާގެ މޫނެއް ނުފެނެއެވެ. ދެން ފެންނަނީ އަންހެން ކުއްޖާ ދުވެފައި އެތަން ދޫކޮށްފައިދާ ތަނެވެ.

ދެ އަހަރުގެ ތުއްތު ކުއްޖާގެ މައްސަލާގައި މުނިކާފަ، ކާފަ އަދި ބައްޕަ ވަނީ ހައްޔަރު ކޮށްފައެެވެ. ކާފަ އާއި މުނިކާފަ ކަނޑުހުޅުދޫން ހައްޔަރުކޮށްފައިވާއިރު، ބައްޕަ ހައްޔަރު ކޮށްފައިވަނީ ފިލަންވެގެން ހުޅުމާލެ 108 ވަނަ ފްލެޓް ތެރެއަށް ވަދެ އޮއްވާއެެވެ. އެމީހާ ދޫނިދޫ އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކާފައާއި މުނިކާފާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވުމާއި އެކު އެކަން ކުރި މީހުން ދަންޖައްސަން، ޝޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
22%
22%
33%
22%
0%
0%
ކޮމެންޓް