ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 22:46
އެޗްއާރުސީއެމްގެ ރައީސާ އީނާސް
އެޗްއާރުސީއެމްގެ ރައީސާ އީނާސް
ރައީސް އޮފީސް
އެޗްއާރުސީއެމް
ކުޑަކުއްޖާ އުޅުނު މާހައުލުގައި އުޅޭ އެހެން ކުދިންނަށް އެފަދަ ކަމެއް ނުވާކަން ކަށަވަރުކުރުމަށް އެޗްއާރުސީއެމުން ގޮވާލައިފި
 
މި މައްސަލައިގައި އެއްވެސް މުއައްސަސާއެއް އިހުމާލުވެފައިވޭތޯ ބެލުމުގެ މަސައްކަތް ދަނީ ކުރަމުން

2 އަހަރުގެ ކުއްޖާ އުޅުނު މާހައުލުގައި އުޅުނު އެހެން ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.

އެޗްއާރުސީއެމުން މިކަމަށް ގޮވާލާފައިވަނީ އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ގއ. ކަނޑުހުޅުދޫއަށް ނިސްބަތްވާ ޢުމުރުން އެންމެ 2 އަހަރާއި 9 މަހުގެ ތުއްތު ކުއްޖަކަށް އެކުއްޖާގެ ޢާއިލާގެ ބައެއް މެންބަރުންގެ ފަރާތުން ޖިންސީ ގޯނާކުރީ މައްސަލައަކީ އެކޮމިޝަނުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި މި ލާއިންސާނީ އަނިޔާވެރި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، މި ޢަމަލު ހިންގި ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްއެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ޖިންސީ ގޯނާގެ ޝިކާރައަށް ވެފައިވާ ތުއްތު ކުއްޖާ ދިރިއުޅުނު މާޙައުލުގައިވާ އެހެނިހެން ކުދިންނަކީ އެފަދަ ދަށުދަރަޖައިގެ ޢަމަލުތަކުން ރައްކާތެރިވެފައިވާ ކުދިންތޯ ވަގުތުން ވަގުތަށް ކަށަވަރު ކުރުމަށް ކަމާ ގުޅުންހުރި އެންމެހައި މުއައްސަސާތަކަށް އެޗްއާރުސީއެމުން ވަނީ އަންގާފައެވެ.

މި ބަޔާނުގައި ބުނެފައިވަނީ މި ލާއިންސާނީ ދަށުދަރަޖައިގެ އަނިޔާވެރި ޢަމަލު ހިންގާކަން އެނގިތިބެ އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅައި، އިހުމާލުވާ ފަރާތްތަކާއި މުއައްސަސާތައް ހޯދުމުގެ ތަޙްޤީޤު ކޮމިޝަނުން ފަށާފައިވާ ކަމަށެވެ. އަދި މި މައްސަލައިގާ މުއައްސަސާތަކުން ޢަމަލުކުރަމުންދާގޮތް ކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާނެކަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
25%
50%
25%
0%
0%
ކޮމެންޓް