ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 12:54
ރާއްޖެ އެތެރެވާން އުޅުނު ބިދޭސީ މީހާ
ރާއްޖެ އެތެރެވާން އުޅުނު ބިދޭސީ މީހާ
އިމިގްރޭޝަން
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ޝަޚްޞު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއެއް ހިފަހައްޓައިފި
 
ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މިއަހަރު ޖުމްލަ 6 މީހަކު މަސައްކަތްކުރި
 
ހިފަހައްޓާފައިވަނީ އުމުރުން 53 އަހަރުގެ ފިރިހެނެއް

ސިފަ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން، ޝަޚްޞު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރާއްޖެ އެތެރެވާން މަސައްކަތްކުރީ އުމުރުން 53 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށާއި، އެ މީހާގެ ޕާސްޕޯޓުގެ ބައެއް މަޢުލޫމާތު ނަކަލު ކޮށްފައިވާ ކަމަށެވެ.

ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި 6 މީހަކު މިއަހަރުތެރޭ މިހާތަނަށް އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައެވެ. މި މީހުން ހިފެހެއްޓުމަށްފަހު އިމިގްރޭޝަނުން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.

ޕާސްޕޯޓުގެ ބައެއް ނަކަލުކޮށްގެން ރާއްޖެއަށް އެތެރެވާން އުޅުނު މީހާކާއި، އޭނާ އެތެރެވުމަށް އެހީތެރިވެދިން މީހަކު އިމިގްރޭޝަނުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް އަތުލައިގެންފައެވެ. އިމިގްރޭޝަނުން ބުނީ ޕާސްޕޯޓުގެ ބައެއް ނަކަލުކޮށްގެން (ކައުންޓަރފެއިޓް) ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް އެތެރެވުމަށް މަސައްކަތް ކުރި ބިދޭސީ އަންހެނަކާއި، އަދި މިކަމުގައި އޭނާއަށް އެހީތެރިވާން އުޅުނު އިތުރު ބިދޭސީ ފިރިހެނަކު އިމިގްރޭޝަނުން ހުއްޓުވި ކަމަށެވެ.

ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި 6 މީހަކު މިއަހަރުތެރޭ މިހާތަނަށް ހުއްޓުވާފައިވާއިރު، މިދިޔަ އަހަރު ޖުމުލަ 20 މީހުންނަށްވުރެ ގިނަ މީހުން 18 ޕާސްޕޯޓް ނަކަލުކޮށްގެންނާއި، ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާ މީހުން ހުއްޓުވުމާއި، މި ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް، ދާދި ފަހުން ކަސްޓަމްސްއާއި، އިމިގްރޭޝަނާއި މިނިސްޓްރީ އޮފް ސައިންސް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ގުޅިގެންވަނީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވަރުގަދަކޮށްފައެވެ. އެގޮތުން ފިންގަރ ޕްރިންޓާއި، ކެމެރާއާއި، ސެކުއިރިޓީ ސޮފްޓްވެއަރތައްވެސް ވަނީ ފަހުގެ ސޮފްޓްވެއަރތަކަށް އަޕްގްރޭޑްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް