ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 13:08
މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރު
މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރު
ހިންދުސްތާނީ ޓައިމްސް
މަލައިކާ
އަރުޖުންއާ އަދި ކައިވެނިކުރާކަށް ނޫޅެން: މަލައިކާ
 
ކައިވެންޏަކީ އެހެން ޔަޤީންކޮށް ބުނަން އިނގޭ ކަންތައްތަކެއް ނޫން
 
ކައިވެންޏަކާމެދު ނުވިސްނަން

މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރުގެ ލޯބީގެ ވާހަކަތައް މީޑިއާގައި ތިލަވަމުން އައިސް މިހާރު ވަނީ އެ ދެމީހުން ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައް ވެސް ފެތުރިފައެވެ.

އެހެންނަމަވެސް މަލައިކާ ބުނެފައި ވަނީ އޭނާ އަދި ކައިވެންޏަކާ މެދު ނުވިސްނާ ކަމަށާއި ކައިވެންޏަކީ އެހެން ޔަޤީންކޮށް ބުނަން އިނގޭ ކަންތައްތަކެއް ނޫންކަމަށެވެ. އަރުޖުންއާ އޭނާގެ ގުޅުން ކުރިއަށް ގެންދާނީ މަޑުމަޑުން ކަމަށާއި، އެ ދެމީހުން ވެސް އެކަކު އަނެކަކަށް ވަރަށް ތެދުވެރި ކަމަށް މަލައިކާ ބުންޏެވެ. އަދި ގުޅުމުގެ ކަންތައްތައް ކުރިއަށްދާ ވަރަކުން ހިއްސާ ކުރަމުންދާާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ބޮލީވުޑްގެ ޚަބަރާއި ގޮސިޕް ގެނެސްދޭ “ޕިންކުވިލާ” އަށް މައުލޫމާތުދިން ދެ ތަރިންގެ ގާތް ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި، އެ ދެތަރިން ފުލެޓެއް ގަނެފައިވަނީ އިންޑިއާގެ މުމްބާއީގެ ތަނަވަސް މީހުން ދިރިއުޅޭ ލޮކަންޑަވާލާ ކޮމްޕުލެކްސް ސަރަހައްދުންނެވެ. އަދި އެއީ ޖޮއިންޓް އިންވެސްޓްމަންޓެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އަރްޖުން ކަޕޫރާއި، މަލައިކާ އަރޯރާ ވަނީ ދާދިފަހުން ރާއްޖޭގަ ޗުއްޓީ އެކުގައި ހޭދަކޮށްފައެވެ.

އަރުޖުންއާ ލޯބީގެ ގޮތުން ގުޅުނު ފަހުން މަލައިކާގެ ހަޔާތަށް ވަނީ އަނެއްކާ ވެސް އުފާވެރިކަން އައިސްފައެވެ. މި ދެ ތަރިން އެކުގަ ނަގާފައިވާ ފޮޓޮއެއް ޕޯސްޓް ކުރަމުން މަލައިކާ ބުނަނީ، އަރުޖުން އަކީ ނާއުންމީދުން ފުރިގެންވި ދުވަސްތަކުގައި އޭނާއަށް ލޯބި ހޯދައިދިން ހީރޯއެއް ކަމަށެވެ.

މަލައިކާ، 45، އާއި ފިރިމީހާ އަރްބާޒު ޚާން 2017 ވަނަ އަހަރު ވަރިވެފައިވާ އިރު، އޭނާއާއި އަރްޖުން ރަށްޓެހިވެގެން އުޅޭ ވާހަކަ ފުރަތަމަ އަޑު އިވެން ފެށީ 2018 ވަނަ އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް