ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 13:40
ފިލްމު ޗަޕާކް ގެ ޕޯސްޓަރެއް
ފިލްމު ޗަޕާކް ގެ ޕޯސްޓަރެއް
ހިންދުސްތާނީ ޓައިމްސް
ޗަޕާކް
ލަކްޝްމީގެ ހުވަފެނަކަށްވީ ލަވަކިޔުންތެރިޔަކަށްވާން
 
އެސިޑްގެ ހަމަލާތައް ހުއްޓުވުމަށް ލަކްޝްމީ އިސްވެ ހުރެ ކެމްޕޭނުތައް ހިންގި
 
އޭނާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ޗަޕާކް މި މަހު ރިލީޒް ކުރާނެ
 
ލަކްޝްމީ އެސިޑްގެ ޝިކާރައަށްވީ 15 އަހަރުގައި

ލޯބީގެ މައްސަލައެއްގައި އުމުރުން އެންމެ 15 އަހަރުގައި ލަކްޝްމީ އަގްރަވާލަށް ކުރިމަތިވި އެސިޑް ޙަމަލާއަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ޙާދިސާއެކެވެ.

މި ޙާދިސާއަށް ފަހު ލަކްޝްމީގެ މުޅި ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދިޔައިރު އޭނާ ވަނީ ހިތްވަރު ދޫނުކޮށް މި ފިނޑި ޢަމަލު ހިންގި މީހާއާ ދެކޮޅަށް ތެދުވެފައެވެ. އަދި އޭގެ ފަހުން އެސިޑްގެ ޙަމަލާތައް ހުއްޓުވުމަށް ލަކްޝްމީ އިސްވެ ހުރެ ކެމްޕޭނުތައްވެސް ކުރިއެވެ. އެސިޑް ވިއްކުމަށް މަނާކުރުމަށް ލަކްޝްމީ ގިނަ މަސައްކަތްތައް ވެސް ކުރިއެވެ.

ލަކްޝްމީގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު ޗަޕާކް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. މިހާރު ކުރިއަށްދަނީ ފިލްމުގެ ޕްރޮމޯޝަނަލް ޙަރަކާތްތަކެވެ. މެގްނާ ގުލްޒާރު ޑައިރެކްޓް ކުރާ މި ފިލްމުގައި ދިޕިކާ ޕަދުކޯން ލީޑް ރޯލުން ފެނިގެންދާނެއެވެ. ދިޕިކާ އަދި ފިލްމުގެ މުޅި ޓީމާ އެއްކޮށް ލަކްޝްމީ ދަނީ އެކި ޕްރޮމޯޝަނަލް ޙަރަކާތްތަކުގައި ބައިވެރިވަމުންނެވެ. ޕްރޮމޯޝަނަލް ޙަރަކާތެއްގައި ބައިވެރިވަމުން ލަކްޝްމީ ބުނެފައިވަނީ އޭނާގެ ހުވަފެނަކަށްވީ ލަވަކިޔުންތެރިޔަކަށްވުމަށް ކަމަށާއި، ރިއާލިޓީ ޓީވި ޝޯވއެއްގަ ބައިވެރިވާން އޭނާ ވަރަށް ބޭނުންވި ކަމަށެވެ. އެހެންނަމަވެސް އެސިޑްގެ ޝިކާރައަކަށްވުމުން މިހާރު އެ ހުވަފެން މަޑުޖެހިފައިވާ ކަަމަށް ލަކްޝްމީ ބުންޏެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް އުފަންވި ލަކްޝްމީގެ މޫނަށް އެސިޑް ޖަހާފައިވަނީ ދިއްލީގެ ޚާން މާރުކޭޓުގައި ހުއްޓައެވެ. ލަކްޝްމީގެ މޫނަށް އެސިޑް ޖެހީ އޭނާގެ ރައްޓެއްސެއްގެ ބޭބެއާ ކައިވެނި ކުރަން ދެކޮޅު ހެދުމުންނެވެ. ހަތަރު އަހަރުވަންދެން ކޯޓުގަ ކުރިޔަށް ދިޔަ މައްސަލައަށް ފަހު ލަކްޝްމީ މޫނަށް އެސިޑް ޖެހި ގުއްޑޫ 10 އަހަރަށް ޖަލަށްލާން ކޯޓުން ޙުކުމް ކުރިއެވެ.

2014 ވަނަ އަހަރު ލަކްޝްމީއަށް ވަނީ އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝެލް އޮބާމާގެ އަތްޕުޅުން "އިންޓަރނޭޝެނަލް ވިމަން އޮފް ކަރޭޖް" އެވޯޑު ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް