ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 08:21
އީރާގުގައި ކުރިޔަށްދާ ހަމަނުޖެހުންތަކުގެ ތެރެއިން
ވޮޝިންގްޓަން ޓައިމްސް
އެމެރިކާ
އެމެރިކާއިން އީރާގަށް އިތުރު ސިފައިން ފޮނުވަނީ
 
ބައިވެރިން ވަނީ އެމެރިކާ އެމްބަސީ ކުރިމަތީގައި އާއި އެމްބަސީގެ އެތެރޭގައި ހުރި ސާމާނަށް ގެއްލުންދީފަ
 
އެ ހަމަލާތަކުގައި 25 ހަނގުރާމަ ވެރިން ވަނީ މަރުވެފަ

އީރާގުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ބަޔަކު ދިން ހަމަލާއާއި ގުޅިގެން އެމެރިކާއިން އީރާނަށް އިތުރު ސިފައިން ފޮނުވުމަށް ނިންމައިފައިވާ ކަމަށް އެ ޤައުމުން އިއުލާންކޮށްފިއެވެ.

އިރާގުގެ ހަނގުރާމަވެރިން ކޮންޓްރޯލް ކުރަމުން އަންނަ ތިން ސަރަހައްދަކަށް އެމެރިކާ ސިފައިން ވަނީ އާދީއްތަ ދުވަހު ހަމަލާދީފައެވެ. މި ހަމަލާތަކާއި ގުޅިގެން އީރާންގެ ވެރިރަށް ބަޣުދާދުގައި ކުރިޔަށްދިޔަ މުޒާހަރާގެ ބައެއް ބައިވެރިން ވަނީ އެމެރިކާ އެމްބަސީ ކުރިމަތީގައި އާއި އެމްބަސީގެ އެތެރޭގައި ހުރި ސާމާނަށް ގެއްލުންދީ ބައެއް ތަކެތީގައި ރޯކޮށްލާފައެވެ. މި ހަމަލާތަކާއި ގުޅިގެން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް އެމެރިކާގެ ސިފައިން ވަނީ ކަރުނަ ގޭސް ބޭނުން ކޮށްފައެވެ.

އާދީއްތަ ދުވަހު އެމެރިކާއިން ހަމަލާދީފައިވަނީ އީރާނުގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ ކަތާއިބު ހިޒްބުﷲ ގެ މަރުކަޒުތަކަކަށެވެ. އެ ހަމަލާތަކުގައި 25 ހަނގުރާމަވެރިން ވަނީ މަރުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެގައުމުގެ އެމްބަސީއަށްދިން ހަމަލާތަކުގެ ފަހަތުގައި ވަނީ އިރާން ކަމަށް ތުހުމަތުކޮށް އޭގެ ނަތީޖާ ހިތިވާނެ ކަމަށް ވިދާޅުވެ އީރާންއަށް އިންޒާރު ދީފައެވެ.

ނަމަވެސް އީރާނުގެ ސަރުކާރުން ވަނީ ޓްރަމްޕްގެ ތުހުމަތުތަށް ދޮގު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
50%
0%
0%
0%
ކޮމެންޓް