ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 09:15
ބަންގްލަދޭޝް ރައްޔިތުންތަކެއް
ބަންގްލަދޭޝް ރައްޔިތުންތަކެއް
އޭއެފްޕީ
ބަންގްލަދޭޝް
ބަންގްލަދޭޝްގެ ފިނިހޫނުމިން އާދަޔާޚިލާފަށް ދަށްވެ، 50 މީހުން މަރުވެއްޖެ!
 
ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފިނިހޫނުމިން ދަށްވާނެ ކަމަށް ލަފާ ކުރެވޭ
 
ޑައިރިއާ ޖެހިގެން 33 މީހުން ވަނީ މަރުވެފައި
 
ބައެއް ހިސާބުތަކުގައި ފިނިހޫނުމިން ވަނީ 4.5 ޑިގްރީ ސެލްސިއަސްއަށް ދަށްވެފައި

ބަންގްލަދޭޝްގެ ފިނިހޫނުމިން އާދަޔާޚިލާފަށް ދަށްވެ މަރުވި މީހުންގެ އަދަދު 50 އަށް އަރައިފިއެވެ.

އެޤައުމުގެ ސިއްޙަތާއިބެހޭ ވުޒާރާއިން ރިޕޯރޓް ކޮށްފައިވާގޮތުން މިއަހަރު އެ ޤައުމުގެ ބައެއް ހިސާބުތަކުގެ ފިނިހޫނުމިން ވަނީ 4.5 ޑިގްރީ ސެލްސިއަސްއަށް ދަށްވެފައެވެ. އެގޮތުން ފިނިހޫނުމިން ދަށްވުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހުނު ބަލިތަކުގައި ފާއިތުވި ދެ މަސް ތެރޭގައި 17 މީހުން މަރުވެފައިވާއިރު، ޑައިރިއާ ޖެހިގެން 33 މީހުން ވަނީ މަރުވެފައެވެ.

އޭގެ އިތުރުން، ފިންޏާއި ގުޅުންހުރި ތަފާތު އެކި ބަލިތަކުގައި ހޮސްޕިޓަލުތައް ފުރެމުންދާ ކަމަށާއި، އޭގެ ތެރޭގައި އިންފްލުއެންޒާއާއި ނިއުމޯނިއާ ފަދަ ކޭސްތައް ހިމެނޭކަމަށް އެ ޤައުމުގެ ހެލްތު އޮފިޝަލުން ބުނެފައިވެއެވެ.

އަދި ފިނީގެ ސަބަބުން އެންމެ ދަތިހާލުގައި އުޅެން ޖެހިފައިވަނީ ފަޤީރުންނާއި، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ކަމަށް ރިޕޯރޓްތައް ބުނެއެވެ.

ބަންގްލަދޭޝްގެ ފިނިހޫނުމިން އާދަޔާޚިލާފަށް ދަށްވަމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފިނިހޫނުމިން ދަށްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރިޕޯރޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
11%
89%
0%
0%
0%
ކޮމެންޓް