ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 19:24
ދަ ސްޓޭންޑަޑް މޯލްޑިވްސް އިން ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ރ އަތޮޅުގެ ހުރުވަޅި ރިސޯޓު
ދަ ސްޓޭންޑަޑް މޯލްޑިވްސް އިން ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ރ އަތޮޅުގެ ހުރުވަޅި ރިސޯޓު
ޓްރިޕް އެޑްވައިޒަރ
ދަ ސްޓޭންޑަޑް މޯލްޑިވްސް
ސީއެންއެން އިން ހޮވި އަންނަ އަހަރު ދާން އެންމެ ކަމުދާ 20 ރަނގަޅު ހޮޓާތަކުގެ ތެރޭގައި ދަ ސްޓޭންޑަޑް މޯލްޑިވްސް
 
ރިސޯޓު ރީބްރޭންޑުކޮށް ހުޅުވާފައިވަނީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު
 
މި ރިސޯޓުގައި 115 ޕްރައިވެޓް ވިލާ ހުރޭ
 
ދަ ސްޓޭންޑާޑް އަކީ އެމެރިކާގެ ވިޔަފާރި ކުންފުންޏެއް

އެމެރިކާގެ މަޝްހޫރު މީޑިއާ ކުންފުނި، ސީއެންއެން އިން ހޮވި، އަންނަ އަހަރު ޗުއްޓީ ހޭދަކޮށްލަން ދާން އެންމެ ރަނގަޅު އާ ހޮޓާތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓެއް ހިމެނިއްޖެއެވެ.

އެންމެ ކަމުދާ 20 ހޮޓާތަކުގެ ލިސްޓުގައި ދަ ސްޓޭންޑަޑް މޯލްޑިވްސް ހިމެނިފައިވަނީ ލިސްޓްގެ 15 ވަނައިގައެވެ. ލިސްޓްގެ އެއްވަނައިގައި ހިމެނިފައިވަނީ ރީފްސޫޓްސް، ގްރޭޓް ބެރިއަރ ރީފް އޮސްޓްރޭލިއާއެވެ.

ދަ ސްޓޭންޑަޑް މޯލްޑިވްސް އިން ރާއްޖޭގައި އޮޕަރޭޓް ކުރަމުންދަނީ ރ އަތޮޅުގެ ހުރުވަޅި ރިސޯޓުއެވެ. ދަ ސްޓޭންޑަޑް އަކީ އެމެރިކާގެ ވިޔަފާރި ކުންފުންޏެކެވެ. މިއީ އެ ކުންފުނިން އޭޝިއާ ޞަރަޙައްދުގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.

ދަ ސްޓޭންޑަޑް ކުންފުނިން ޖުމުލަ އޮޕަރޭޓް 7 ހޮޓަލް އޮޕަރޭޓް ކުރަމުންދެއެވެ. އެއީ އެެމެރިކާގެ މަޔާމީގައި ސްޓޭންޑަޑް މަޔާމި ބީޗް, ސްޓޭންޑަޑް ހޮލީވުޑް، ލޮސްއެންޖަލިސްގައި ސްޓޭންޑަޑް ޑައުން ޓައުން، އަދި ސްޓޭންޑަޑް ހޮލީވުޑްގެ އިތުރުން ނިއުޔޯކް ސިޓީގައި ހައިލައިންގ އަދި ސްޓޭންޑަޑް އީސްޓްވިލާގެ އިތުރުން ލަންޑަންގައި ސްޓޭންޑަޑް ލަންޑަންއެވެ.

މި ރިސޯޓުގައި 115 ޕްރައިވެޓް ވިލާ ހުރެއެވެ. މިއިން ކޮންމެ ވިލާއެއްގައި ވެސް ޕޫލަކާއި ލައުންޖެއް ހުރެއެވެ.

މި ރިސޯޓުގައި ހަ ރެސްޓޯރަންޓު ހުންނައިރު ތަފާތު ވައްތަރުގެ ކާބޯތަކެތި ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި ސީފުޑް ބާބަކިއު އާއި ދިވެހި ކާނާގެ ބާވާތްތައް ލިބެން ހުންނާނެއެވެ. މި ރިސޯޓުގައި ތައްޔާރު ކުރާ ދިވެހި ކާނާގެ ބާވަތްތަކަކީ ރިސޯޓުގައި ހައްދާ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ ބާވަތްތަކެވެ.

މި ރިސޯޓުގައި ޔޯގާ ޗެސްޓަރަކާއި، ސްޕާއެއް ވެސް ހުރެއެވެ. މި ރިސޯޓު ކުރިން ކާޕް ޑިއެމް މޯލްޑިވްސްގެ ނަމުގައި ހިންގި ނަމަވެސް ރިސޯޓު ރީބްރޭންޑުކޮށް ހިންގުން ސްޓޭންޑަޑް ކުންފުންޏަށް ބަދަލުވުމާއި ގުޅިގެން ރިސޯޓު ހުޅުވާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
80%
0%
20%
0%
0%
0%
ކޮމެންޓް