ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 10:40
ސަން ސިޔާމް އިރު ފެން
ސަން ސިޔާމް އިރު ފެން
ފޭސްބުކް
ޓޫރިޒަމް
ސަން ސިޔާމް އިރު ފެން އަންނަ އަހަރު ކުރީކޮޅު ހުޅުވަނީ
 
މިރިސޯޓްގައި ތަފާތު 15 ވައްތަރެއްގެ އެކޮމެޑޭޝަންސް ހުންނާނެ ކަމަށް ރިސޯޓުން ބުނޭ
 
މި ރިސޯޓަކީ ސަން ސިޔާމް ރިސޯޓް ގްރޫޕްގެ ފަސް ވަނަ ރިސޯޓު

ސަން ސިޔާމު ރިސޯޓު ގްރޫޕުން ނ އަތޮޅުގައި ހެދި ރިސޯޓް "ސަން ސިޔާމް އިރުފެން" އަންނަ އަހަރުގެ ކުރީކޮޅު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މިއީ ސަން ސިޔާމް ރިސޯޓް ގްރޫޕްގެ ފަސް ވަނަ ރިސޯޓެވެ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުން ފުރައިގެން ކުޑަވަގުތުކޮޅެއްގައި ދެވޭ މި ރިސޯޓަކީ ނ. އަތޮޅުގައި ސަންސިޔާމު ގުރޫޕުން މިހާރު ހިންގާ ސަން ސިޔާމު އިރުފުށި ރިސޯޓަށް ސްޕީޑު ލޯންޗުގައި ފަސް މިނެޓުން ދެވޭ ރިސޯޓެކެވެ.

ދެމީހުން ކޮޓަރިއެއްގަ ތިބޭ ގޮތަށާއި، ޢާއިލާތަކަށާއި ބޮޑެތި ގްރޫޕުތަކަށް ޚާއްޞަކޮށްގެން ޗުއްޓީ ހޭދަކޮށްލުމަށް ތަރައްޤީ ކޮށްފައިވާ މިރިސޯޓުގައި ތަފާތު 15 ވައްތަރެއްގެ އެކޮމެޑޭޝަންސް ހުންނާނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.

ބީޗް ވިލާ އާއި ވޯޓާ ވިލާގެ އިތުރުން އެހެން ވައްތަރުގެ ވިލާތައް ރިސޯޓްގައި ހުންނައިރު މިއިން ކޮންމެ ތަނެއްގައި ޕްރައިވެޓް ޕޫލް އޮންނާނެ ކަމަށް ރިސޯޓުން ބުނެއެވެ. މީގެއިތުރުން ކުޑަކުދިންނަށް ޚާއްޞަ ކިޑްސް ވިލެޖެއްވެސް ރިސޯޓްގައި ޤާއިމުކުރެވޮފައިވާނެ ކަމަށް ރިސޯޓުން ބުނެއެވެ.

ސަން ސިޔާމު ރިސޯޓް ގްރޫޕުން ރާއްޖެ އާއި ސްރީލަންކާގަ ރިސޯޓު ހިންގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ނ އަތޮޅުގައި ހިންގާ ސަން ސިޔާމް އިރުފުށި، ދ. އަތޮޅުގައި ހިންގާ ސަން އަކުވާ ވިލުރީފު، ސަން އަކުއާ އިރުވެލި އަދި ކ. އަތޮޅުގައި އަޮޅުވެލި ބީޗް އާއި ސްރީލަންކާގައި ސަން އަކުއާ ޕައްސިކުޑަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
40%
60%
0%
0%
0%
0%
ކޮމެންޓް