ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 09:31
މިދިޔަ އަހަރުގެ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ތެރެއިން
މިދިޔަ އަހަރުގެ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ތެރެއިން
ބްލޭޒަން
މޯލްޑިވްސް ބިޒްނަސް އެވޯޑްސް
މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި މިފަަހަރު އިތުރު ތިން ކެޓަގަރީ އަކުން އެވޯޑްކުރާނަން: ބްލޭޒަން
 
މިއަހަރު ވެސް 29 ކެޓަގަރީއަކުން އެވޯޑު ދޭނެ
 
މިފަހަރުގެ އެވޯޑް ހަފްލާގައި 200 މީހުން ބައިވެރިވާނެ
 
ބިޒްނަސް އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރު

މޯލްޑިވްސް ބިޒްނަސް އެވޯޑްސް (އެމްބީއޭ) ގައި މިފަަހަރު ތިން ކެޓަގަރީ އިތުރުކޮށްފައިވާ ކަމަށް އެ އިވެންޓް އިންތިޒާމު ކުރާ ބްލޭޒަން ކުންފުނިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ބްލޭޒަން އިންކުގެ ޗީފް އެގްޒެކްޓިވް އޮފިސަރ ހަސަން އަބްދުﷲ ހިލްމީ ވިދާޅުވީ މިފަަހަރު ތިން ކެޓަގަރީ އިތުރުކުރެވިފައިވާއިރު، އޭގެ ތެރޭގައި ޖަޖުންގެ ފަރާތުން ކަނޑައަޅާ އެވޯޑެއް ވެސް ހިމެނޭ ކަމަށެވެ. އަދި ޖަޖުންގެ ފަރާތުން އިވެލުވޭޝަން ތެރެއިން ފާހަގަވި ޓެކްނިލް ރިޕޯޓެއް އަންނަ އަހަރުގެ ކުރީކޮޅުގައި ޢާންމު ކުރާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން އިތުުރަށް ވިދާޅުވީ މިފަހަރު އެވޯޑުތަކަށް ހުށަހެޅި ބައިވެރިންގެ ހުށަހެޅުންތައް ވަރަށް ކަމުދާ ކަމަށާއި މިހާރު ހުރިހާ ފަރާތްތަކަށް ވެސް އެވޯޑު ހަފުލާއަށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސް (އެމްބީއޭ) އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށް ދޭ އެވޯޑެކެވެ. މި އެވޯޑުގެ ބޭނުމަކީ އެ ވިޔަފާރިތަކުގެ ސަބަބުން އިޤްތިޞާދަށް އަންނަ ހެޔޮ ބަދަލުތަކާއި ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެހެން ވިޔަފާރިތައް ތަރައްޤީ ވުމަށް ހިތްވަރުދިނުމެވެ.

އެސްޓީއޯ އިން ވަނީ މި އަހަރު ވެސް އެވޯޑުގެ ޓައިޓްލް ސްޕޮންސަރަކަށްވެފައެވެ. މިއީ އެސްޓީއޯ އިން މި އެވޯޑުގެ ޓައިޓްލް ސްޕޮންސަރަކަށްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑު 2018ގެ އެންމެ ކާމިޔާބު ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެލައިޑް އިންޝުއަރަންސެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސް ބާއްވަން ފެށީ މިދިޔަ އަހަރެވެ. ފުރަތަމަ އެވޯޑްސް ޙަފުލާގެ ތެރެއިން ތަފާތު 23 ދާއިރާއަކުން އެކި ފަރާތްތަކަށް އެވޯޑު ދިނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް