ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 18:33
ޕްރޮސެކިޔުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިޔުޓަރ ޖެނެރަލް ހުސައިން ޝަމީމް
ރައީސް އޮފީސް
ޕީޖީ އޮފީސް
ނުނިމި ލަސްވާ މައްސަލަތައް މުރާޖާކުރަން ހުށަހަޅާގޮތަށް ހަމަޖައްސައިފި
 
ދައުވާ ކޮށްފައިވާ މައްސަލަތަކާއި ތަހުގީގު މަރުހަލާގައި ނުވަތަ ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއު ކުރުމަށް ޚާއްސަ ކޮމިޓީއެއް ޕީޖީ އޮފީހުން ވަނީ އުފައްދާފައި

ދަޢުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަތައް ރިވިއުކުރުމަށް އެދި ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

ދައުވާ ކޮށްފައިވާ މައްސަލަތަކާއި ތަހުޤީޤު މަރުޙަލާގައި ނުވަތަ ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއު ކުރުމަށް ޚާއްޞަ ކޮމިޓީއެއް އެ އޮފީހުން ވަނީ އުފައްދާފަ އެވެ. މި ކޮމިޓީގެ މެންޑޭޓްގެ ތެރެއަށް ވަނީ ދަޢުވާ ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުހުމަތު ކުރެވިފައިވާ މީހުންގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވެފައި ހުރި މައްސަލަތައް ވެސް އިތުރުކޮށްފަ އެވެ.

އެހެންކަމުން އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން ޕީޖީ އޮފީހަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ އެކަމަށް އެދޭ ފޯމު ޕީޖީ އޮފީހުންނާއި އެއޮފީހުގެ އަތޮޅު ތެރޭގެ ބިއުރޯތަކާއި ޖަލުތަކާއި އެ އޮފީހުގެ ވެބްސައިޓުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިންނާއި ޕޮލިސް އިން ޤާއިމުކޮށްފައިވާ ސްޓޭޝަންތަކުންނާއި ކަރެކްޝަނަލް ސަރވިސްއުން ލިބޭނެ ކަމަށް މިކަމާއި ގުޅިގެން އެއޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް