ކ. މާލެ
|
14 ޑިސެންބަރ 2019 | ހޮނިހިރު 13:11
އިންޑިއާއިން ތައުލީމް ހާސިލްކުރި ދިވެހި ދަރިވަރުންތަކެއް
އިންޑިއާއިން ތައުލީމް ހާސިލްކުރި ދިވެހި ދަރިވަރުންތަކެއް
ފޭސްބުކް
އިންޑިއާ - ދިވެހިރާއްޖެ
އިންޑިއާގެ 39 ސްކޮލަރޝިޕް ރާއްޖެއަށް
 
ފޯމް ހުށައަޅަން ޖެހެނީ އިންޑިއަން ކަލްޗަރަލް ސެންޓަަރަށް
 
އެޕްލިކޭޝަން ހުށައަޅަން ޖެހެނީ ޖެނުއަރީ 15 ގެ ކުރިން
 
ހުރިހާ ހަރަދެއް ބަލަހައްޓަނީ އިންޑިއާ އިން

އިންޑިއަން ކައުންސިލް އޮފް ކަލްޗަރަލް ރިލޭޝަންްސްގެ ދަށުން 39 ސްކޮލަރޝިޕެއް ރާއްޖޭގެ ދަރިވަރުންނަށް ދޭން ނިންމަައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނީ، މި ސްކޯލަރޝިޕް ތަކުގެ ތެރޭގައި ހިމެނެނީ ޖެނެރަލް ސްކޯލަރޝިޕް ސްކީމްގެ 15 ސްކޯލަރޝިޕާއި، ކޮމަންވެލްތު ސްކޯލަރޝިޕް ސްކީމްގެ ހަަަތަރު ސްކޯލަރޝިޕްގެ އިތުރުން ރާއްޖެ އެެއިޑްގެ ދަށުން ދޭން ހަމަޖެހިފައިވާ 20 ސްކޯލަރޝިޕް ކަމަށެވެ.

މި 20 ސްކޯލަރޝިޕްގެ ތެރޭގައި ޑިގްރީ ކޯސްތަކުގެ އިތުރުން އިންޖިނިއަރިންގ ކޯސްތަކަށް ހާއްސަކޮށްފައިވާ ސްކޯލަރޝިޕްތައް ހިމެނެއެވެ.

އެމްބަސީން ބޮޑަށް ބާރުއަޅަނީ ރާއްޖޭގެ ދަރިވަރުން، އަންޑަގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް، މަސްޓާރ އޮފް ފިލޯސޮފީ، ސައިންސް، އިންޖިނިއަރިން، މެނޭޖްމެންޓްގެ އަދި ޓޫރިޒަމްގެ އިތުރުން ޝަރުއީ ދާއިރާގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށެވެ. އިންޑިއާއިން ދޭ ސްކޯލަރޝިޕް ތަކުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އިންޑިއާ ސަރުކާރުންނެވެ.

ސްކޯލަރޝިޕްގެ މައުލޫމަތު ކަލްޗަރ ރިލޭޝަންސްވެބްސައިޓުންލިބެން ހުންނާނެ އެވެ.

ސްކޯލަރޝިޕްތަކަށް ކުރިމަތިލަން ބޭނުންވާ ފަރާތްތަކުން އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ހާޑްކޮޕީ މާލޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރ(އައިސީސީ) ޖެނުއަރީ މަހުގެ 15ގެ ކުރިން ހުށައެޅުމަށް އެމްބަސީން ވަނީ އެދިފައެވެ. އިންޑިއަން ކަލްޗަރަލް ސެންޓަރު ހުންނަނީ، މައްޗަންގޮޅި ނިކަގަސް މަގުގައި ހުންނަ މއ.ވަވާތި ބިލްޑިންގައެވެ. އައި.ސީސީ.އެސް.އާރް.އަށް ފޯމު ފޮނުވާނީ އެމްބަސީންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް