އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - ސްޕީޑް ފެރީގެ ޚިދުމަތް

ހދ އަތޮޅުގެ ބައެއް ރަށްތަކަށް ދެމުންދިޔަ ސްޕީޑް ފެރީގެ ޚިދުމަތް ހުއްޓާލައިފި

  • ސްޕީޑް ފެރީގެ ހިދުމަތް ފެށީ މިއަހަރުގެ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު
  • އެ ހިދުމަތް ހުއްޓާލި ސަބަބު އެމްޓީސީސީން ހާމައެއް ނުކުރޭ
  • މި ޚިދުމަތް ކުރިން ދެމެންދިޔައީ ހަފްތާއެއްގެ ތިން ދުވަހު

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 9 ޑިސެންބަރު 2019 | ހޯމަ 12:56 1,658

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަކުނުދޫ ދާއިރާއަށް ފެރީގެ ޚިދުމަތް އިފްތިތިތާހުކޮށްދެއްވަނީ ކޮށްދެއްވަނީ - އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހދ އަތޮޅުގެ ބައެއް ރަށްރަށަށް ދެމުންދިޔަ ސްޕީޑް ފެރީގެ ޚިދުމަތް ހުއްޓާލައިފިއެވެ.

އެމްޓީސީސީން ބުނީ ސްޕީޑް ފެރީގެ ޚިދުމަތް ހުއްޓާލާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. އެމްޓީސީސީން ހދ. މަކުނުދޫ، ހދ. ވައިކަރަދޫ، ހދ. ކުމުންދޫ އަދި ހދ. ކުޅުދުއްފުއްޓަށް ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފެށީ މިއަހަރުގެ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ.

އެ ޚިދުމަތް ހުއްޓާލި ސަބަބު އެމްޓީސީސީން ހާމަކޮށްފައި ނުވި ނަމަވެސް ޕީއެސްއެމް ނިއުސްގައިވާ ގޮތުން އެމްޓީސީސީން ކުޅުދުއްފުށީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ޚިދުމަތް އެކުންފުނިން ފެށީ، އެ އަތޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި އެކަމަކު ވިޔަފާރީގެ އުޞޫލުން، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށް ގެންދިޔުމަށް ދެކޮޅު ނުޖެހޭ ކަމަށެވެ. އެހެންކަމުން އެކަމުގައި އިތުރު ގޮތެއް ހަމަޖެހެންދެން، މިހާރު ފޯރުދެމުންދާ ޚިދުމަތް ހުއްޓާލާފައިވާކަމަށް ކައުންސިލަށް ފޮނުވި ސިޓީގައި އެމްޓީސީސީން ބުނެފައިވާ ކަމަށް އެ ނޫހުގައިވެއެވެ.

މިރަށްތަކުގެ ތެރެއިން އެމްޓީސީސީން އޭރު ހދ. މަކުނުދޫއިން ހދ. ކުމުންދޫ އަދި ހދ. ކުޅުދުއްފުއްޓަށް ދިއުމަށް ކަނޑައެޅި އަގަކީ 250 ރުފިޔާއެވެ. އަދި މަކުނުދޫއިން ހދ. ވައިކަރަދޫ އަދި ހދ. ނޭކުރަންދޫއަށް ދިއުމަށް 200 ރުފިޔާއެވެ. މި ޚިދުމަތުގައި އެކުލެވޭ އެހެނިހެން ހުރިހާ ރަށަކުން ދަތުރުކުރުމަށް ކަނޑައަޅާފައިވާ އަގަކީ 75 ރުފިޔާއެވެ.

މި ޚިދުމަތް ކުރިން ދެމެންދިޔައީ ހަފުތާއެއްގެ ތިން ދުވަހު އެވެ. އެއީ އާދިއްތަ، ހޯމަ އަދި ބުދަ އެވެ.

ހދ އަތޮޅުގެ ސްޕީޑް ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ހދ. މަކުނުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް