ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 11:55
ހޯރަފުށީގައި މީގެކުރިން ފެންބޮޑުވެފައި
ހޯރަފުށީގައި މީގެކުރިން ފެންބޮޑުވެފައި
ރާއްޖެ އެމްވީ
ފެންބޮޑުވުން
ހޯރަފުށީގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެއްޖެ
 
ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ކައުންސިލުން ބުނޭ
 
ދެ ގެއަކަށް ފެންވަދެގެން ކައުންސިލަށް މައުލޫމާތު ލިބިފައިވޭ

މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. ހޯރަފުށީގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޯކޮށް ވާރޭވެހޭނަމަ ހޯރަފުށީގައި ފެންބޮޑުވެ ގޭގެއަަށް ފެންވަންނަ ކަމުގައެވެ. އެގޮތުން މިހާރު ކުރަމުންދާ ވިއްސާރާގައި އަޑިކޮށް ހުރި ބައެއް މަގުތަކުގައި ހުރި ގެތަކަށް ފެނުގެ އަސަރު ކޮށްފައިވާކަމަށް ވަހީދު ވިދާޅުވި އެވެ. އެގޮތުން ދެ ގެއަކަށް ފެންވަދެގެން ކައުންސިލަށް މައުލޫމާތު ލިބިފައިވާކަމަށް ވަހީދު ވިދާޅުވި އެވެ.

ފެންބޮޑުވުމުގެ ސަބަބުން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުންނާއި، އާންމު ރައްޔިތުންނާއި ކައުންސިލާ ގުޅިގެން ކުރަމުން ގެންދާކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ބޯކޮށް ވާރޭވެހެމުންދާތީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ވަހީދު ވިދާޅުވި އެވެ. އެހެންނަމަވެސް މިހާތަނަށް އާއިރު މުދަލާއި ތަކެއްޗަށް އަދި ގެއްލުމެއް ލިބިފައިނުވާކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނީ ހޯރަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެންކަަމަށެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހޯރަފުށީގެ މަގު ހެދުމަށް 12 މިލިއަން ރުފިޔާވަނީ ހިމަނާފަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ޔެލޯ އެލާރޓް ނެރެފިއެވެ. އެގޮތުން އާދިއްތަ ދުވަހުގެ ހެނދުނު 8:10 އިން 12:00 އަށް މެޓް އޮފީހުން ޔެލޯ އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ނ. އަތޮޅުގެ ރަށްތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް