ހޯމަ 16 ޑިސެންބަރު 2019
07 މުލަ
1441 ރަބީޢުލްއާޚިރު 19
ފަތިސް 04:46
އިރުއަރާ 06:03
މެންދުރު 12:05
އަސްރު 15:26
މަޣްރިބް 18:00
އިޝާ 19:17
ދުނިޔެ - ގޯޓާބަޔަ ރާޖަޕަކްސަ

ރާއްޖެއާ ލަންކާގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް: ގޯޓާބަޔަ

  • ގޯޓާބަޔަ ވަނީ އެޤައުމުގެ 8 ވަނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައި
  • އަވަސް ފުރުސަތެއްގައި ރައީސް ސޯލިހުއާއި ބައްދަލުވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައިވޭ
  • ރާއްޖެއާދެމެދު މިހާރުވެސް އޮތީ ޒަމާންވީ ބަދަހި ގުޅުމެއް ކަމަށްވެސް ގޯޓާބަޔަ ވިދާޅުވި

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 18 ނޮވެންބަރު 2019 | ހޯމަ 21:09 5,167

ލަންކާގެ އައު ރައީސް ގޯޓާބަޔަ ރާޖަޕަކްޝަ - ގޫގުލް

ރާއްޖެއާއި ލަންކާއާމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ކަމުގެ ޔަޤީންކަން ލަންކާގެ އާ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ދެއްވައިފިއެވެ.

ހޮނިހިރު ދުވަހު ލަންކާގައި ބޭއްވި އެޤައުމުގެ 8 ވަނަ ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވުމާއި ގުޅިގެން މަރުޙަބާ ވިދާޅުވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކުރެއްވި ޓްވީޓަށް ޖަވާބުދެއްވަމުން ގޯޓާބަޔަ ވިދާޅުވީ، ދިވެހި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުން އެމަނިކުފާނުގެ ޒަޢާމަތުގައި ވަރުގަދަ ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. ޓްވީޓުގައި އެމަނިކުފާނު ދެޤައުމުގެ ގުޅުން ސިފަކުރައްވާފައިވަނީ ޒަމާންވީ ބަދަހި ގުޅުމެއްގެ ގޮތުގައެވެ.

އަދި އަވަސް ފުރުޞަތެއްގައި ރައީސް ޞާލިޙާއި ބައްދަލުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަަށްވެސް ގޯޓާބަޔަ ވަނީ ވިދާޅުވެފައެވެ.

ހޯމަދުވަހު ސްރީލަންކާގެ އުތުރުގެ އަނޫރާދަޕޫރަ ސިޓީގައި ބޭއްވި ކުލަގަދަ ޙަފުލާއެއްގައި ގޯޓާބަޔަ ވަނީ ރައީސްކަމުގެ ހުވާ ކުރައްވާފައެވެ. އެމަނިކުފާނަށް މަރުޙަބާ ވިދާޅުވަމުން ރައީސް ޞާލިޙު ކުރެއްވި ޓްވީޓުގައި ލަންކާގެ އައު ޒަޢާމަތާއެކުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ޤައުމާ މުޚާޠަބު ކުރައްވާ ދެއްވި ބަޔާނުގައި ގޯޓާބަޔަ ވަނީ ވަކި ކޮޅަކަށް ބުރަނުވެ ޚާރިޖީ ސިޔާސަތެއް ދަމަހައްޓަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް