ހުކުރު 10 ޖުލައި 2020
10 ފުނޯސް
1441 ޒުލްގައިދާ 19
ފަތިސް 04:41
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
މަންޓާ އެއާރ

ސީޕްލޭންގެ ޚިދުމަތާ އެކު މަންޓާ އެއަރ މެކުހަށް!

  • ސީޕްލޭންގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މޫސާ ޞާލިޙު
  • ތިން ވަނަ ސީޕްލޭން ގެނައީ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު
  • ޖުމްލަ 10 ސީޕްލޭން ގެންނަން މަންޓާ އެއަރ އިން ވަނީ ނިންމާފަ

ކ. މާލެ | 18 ނޮވެންބަރ 2019 | ހޯމަ 20:08 | 4,616

މަންޓާ އެއަރގެ މުވައްޒަފުންތަކެއް - ޓްވިޓަރ

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ބައިވެރިއެއްގެ ގޮތުގައި އަލަށް ގުޅުނު މަންޓާ އެއަރ އިން ސީޕްލޭންގެ ޚިދުމަތް ފަށައިފިއެވެ.

ކޮމާޝަލް ސީޕްލޭން އޮޕަރޭޝަންތައް ފެށީ އާދިއްތަ ދުވަހު އެ އެއަރލައިންގެ ސީޕްލޭން ޓަރމިނަލް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙެވެ.

މަންޓާ އެއަރ އިން މިހާތަނަށް 3 ސީޕްލޭން ރާއްޖެ ގެނެސްފައިވާއިރު، މަންޓާ އެއަރގެ ތިން ވަނަ ސީޕްލޭން ގެނެސްފައިވަނީ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުއެވެ. ޖުމުލަ 10 ސީޕްލޭން ގެނައުމަށް ނިންމާފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން 7 ސީޕްލޭން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެއެއަރލައިނުން މަޢުލޫމާތު ދެއެވެ.

މަންޓާ އެއަރގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ. މަންޓާ އެއަރ އިން މިހާރު ތާވަލު ދަތުރުތައް ކުރަމުންދަނީ ދަރަވަންދުއާއި ކުޑަހުވަދުއަށެވެ. މަންޓާ އެއަރ އުދުހުންތަކުގައި ބޭނުން ކުރާނީ އޭޓީއާރު 600-72 މަރުކާގެ މަތިންދާ ބޯޓެވެ. އެ ބޯޓު ތަކަކީ 68 މީހުންނާއި 78 މީހުންނާ ދެމެދުގެ އަދަދަކަށް ފަސިންޖަރުން އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާ ބޯޓު ތަކެކެވެ.

މަންޓާ އެެއަރގެ ދަތުރުތަކާއިއެކު، ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އޮތް ޑިމާންޑު އިތުރުވެ ދަތުރުކުރާ ފަރާތްތަކަށްވެސް ފަސޭހަކަމާއި އެކު ދަތުރުކުރުމުގެ އިތުރު ފުުރުޞަތުތައް ހުޅުވިގެންދާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މަންޓާގެ އިތުރުން ޤައުމީ އެއަރލައިން މޯލްޑިވިއަން އަދި ފްލައިމީ އިން ހަރަކާތްތެރިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.