ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 18:52
ސްރީލަންކާގެ އާ ރައީސް ގޯޓާބަޔަ
ސްރީލަންކާގެ އާ ރައީސް ގޯޓާބަޔަ
ގޫގުލް
ގޯޓާބަޔަ ރާޖަޕަކްސަ
ވަކިކޮޅަކަށް ބުރަ ނުވާ ޚާރިޖީ ސިޔާސަތެއް ދަމަހައްޓާނަން: ގޯޓާބަޔަ
 
ވަކި ކޮޅަކަށް ބުރަނުވެ ޚާރިޖީ ސިޔާސަތެއް ދަމަހައްޓަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ގޯޓާބަޔަ ރައްޔިތުންނަށް އެރުވި
 
އިންސާފުވެރިކަމާ އެކު ހުރިހާ ރައްޔިތުންގެ މައްޗަށް ހަމަހަމަކަމާ އެކު ކުރިއަށް ގެންދާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި
 
ވަކި ނަސްލަކަށް ދީނަކަށް ބެލުމެއްނެތި މަސައްކަތްކުރައްވާނެ ކަމަށް ގޯޓާބަޔަ ވިދާޅުވި

ވަކިކޮޅަކަށް ބަރަ ނުވެ ޚާރިޖީ ސިޔާސަތެއް ދަމަހައްޓަވާނެ ކަމަށް ސްރީލަންކާގެ އާ ރައީސް ގޯޓާބަޔަ ރާޖަޕަކްސް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ލަންކާގައި ބޭއްވި އެޤައުމުގެ 8 ވަނަ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯދެއްވި ގޯޓާބަޔަ ރައީސްކަމުގެ ހުވާ ކުރައްވާފައިވަނީ ހޯމަދުވަހު ސްރީލަންކާގެ އުތުރުގެ އަނޫރާދަޕޫރަ ސިޓީގައި ބޭއްވި ކުލަދަ ޙަފުލާއެއްގައެވެ. ހުވާ ލައިދެއްވީ ލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިއާއެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ޤައުމާ މުޚާޠަބު ކުރައްވާ ދެއްވި ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، އެންމެ އަހައްމިއްޔަތުކަމެއް ދެއްވާނީ ޤައުމުގެ ސަލާމަތީ ކަންކަން އިޞްލާޙުކުރުމަށް ކަމަށެވެ. އަދި ވަކި ކޮޅަކަށް ބުރަނުވެ ޚާރިޖީ ސިޔާސަތެއް ދަމަހައްޓަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް އެރުވިއެވެ.

ގޯޓާބަޔަ އިތުރަށް ވިދާޅުވީ، ވަކި ނަޞްލަކަށް، ދީނަކަށް ބެލުމެއް ނެތި ހުރިހައި ރައްޔިތުންނަށް ޚިދުމަތް ކުރާ ވެރިއެއްގެ ގޮތުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވާޖިބުތައް އިންސާފުވެރިކަމާ އެކު ހުރިހާ ރައްޔިތުންގެ މައްޗަށް ހަމަހަމަކަމާ އެކު ކުރިއަށް ގެންދާނެ ކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.

ގޯޓާބަޔަ އިންތިާޚާބު ކާމިޔާބު ކުރެއްވީ ވޯޓުގެ 52.25 އިން ސައްތަ ކާމިޔާބުކުރައްވައިގެންނެވެ. އެމަނިކުފާނާ އެންމެ ގާތުން ވާދަކުރެއްވި ކެނޑިޑޭޓް ސަޖިތު ޕްރެމަދާސައަށް ލިބުނީ 41.99 އިންސައްތަ ވޯޓެވެ.

ގޯޓާބަޔަ އަކީ ސްރީލަންކާގެ ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ އަސްކަރީ އޮފިސަރުކަން ފާހަގަކޮށްލެވެއެވެ. އޭނާ އާންމުންގެ ތެރޭގައި މަޤުބޫލުވެފައިވަނީ އެޤައުމުގައި ދިގުދެމިގެން ދިޔަ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް