ކ. މާލެ
|
16 ނޮވެންބަރ 2019 | ހޮނިހިރު 14:21
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަަލަތަކުގެ ތަފްސީލު ހާމަވެއްޖެ
 
1 ފެބްރުއަރީގެ މައްސަލަ ވެސް ހިމެނޭ
 
ތަހުގީގަށް އެއްބާރުލުން ނުދެއްވާނެ ކަމަށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުން
 
މަޖިލީހަށާއި، ޖޭއެސްސީގެ މަސައްކަތަށް ހުރަސް އެޅި މައްސަލަ ހިމެނޭ

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާ ގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންގެންދާ ސުލޫކީ މައްސަލަތަކުގެ ތަފްޞީލު އެ ކޮމިޝަންގެ ރިޕޯޓުން ހާމަވެއްޖެއެވެ.

ޖޭއެސްސީން ވަނީ ޑރ. ދީދީ ފަނޑިޔާރު ކަމުގެ މަޤާމުން ވަގުތީ ގޮތުން ސަސްޕެންޑްކޮށް އެމަނިކުފާނު މަޤާމުން ވަކިކޮށް ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ. ޖޭއެސްސީގެ ތަހުޤީޤު ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ޖުޑީޝަރި ކޮމިޓީ އަށް 348 ޞަފުޙާގެ ރިޕޯޓެއް ވަނީ ފޮނުވާފައެވެ.

ޖޭއެސްސީގެ ތަހުޤީޤު ކޮމިޓީން އުއްތަމަ ފަނޑިޔާރުގެ މައްސަލަ ތަހުޤީޤު ކުރުމަށް ފަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވާފައިވާ ރިޕޯޓުގައި އެމަނިކުފާނުގެ ސުލޫކީ 15 މައްސަލައެއް ފާހަގަކޮށްފައިވެއެވެ.

ޖޭއެސްސީން ފާހަގަކޮށްފައިވާ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަތައް:

  1. * މަޖިލީހަށާއި، ޖޭއެސްސީ އަށް ލިބިދީފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް، މަޖިލީހަށާއި، ޖޭއެސްސީގެ މަސައްކަތަށް ހުރަސް އެޅި މައްސަލަ
  2. * ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައިން ހަވާލުވި މައްސަަލަ
  3. އަދުލު އިންސާފު ގާއިމްކުރުމުގެ އިދާރީ ކަންތައް ހިންގާ ބެލެހެއްޓުމާ ގުޅޭ ގޮތުން ގާނޫނުތަކުގައި ކަނޑައަޅާފައިވާ ނިޒާމު، ސުޕްރީމް ކޯޓުން ބަދަލުކޮށް އިންސާފު ގާއިމް ކުރުމުގެ އިދާރީ ކަންކަން ހިންގާ ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލަ އިން ހަވާލުވި މައްސަލަ
  4. * ޖުޑީޝަލް ކައުންސިލް އުވާލައި، އެ ކައުންސިލަށް މަތިކޮށްފައިވާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލައިން ހަވާލުވެ އަދި ފަހުން ޖުޑީޝަލް ކައުންސިލްގެ ނަމުގައި އެހެން ކައުންސިލެއް އުފެއްދި މައްސަލަ
  5. * ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވި މައްސަލަ
  6. އިސްތިއުނާފް ކުރުމުގެ މުއްދަތާއި ގުޅޭ ގޮތުން ގާނޫނޫ ތަކާއި ކަނޑައަޅާފައިވާ މުއްދަތުތަކަށް ސުޕްރީމް ކޯޓުން ބަދަލު ގެނައި މައްސަލަ
  7. * ދަށު ކޯޓުތަކުން ގާޒީން، އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގަވާއިދެއް ހަދައި، ގާނޫނުގެ ދަށުން ޖޭއެސްސީ އަށް ދީފައިވާ ބާރު ނެގި މައްސަލަ
  8. * ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލަ ސާބިތުނުވާ ކަމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާއިދުކުރުމުން، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެ މުއްދަތު ހަމަވިތާ 7 މަސް ދުވަސް ފަހުން ދައުލަތުން ކުރި އިލްތިމާސް ސުޕްރީމް ކޯޓުން ބަލައިގަނެ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅި މައްސަލަ
  9. * ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއްތަކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ލިބިގެން ނުވާކަމަށް ނިންމި މައްސަލަ
  10. * އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އާއި އެ ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު ފަޔާޒްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ނިންމައި މަގާމުން ވަކި ކުރި މައްސަލަ
  11. ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް މައްސަލައެއް ހިންގައި، އެ ކޮމިޝަންގެ ބާރު ގެއްލޭ ގޮތަށް ކޮމިޝަނުން އަމަލުކުރަންޖެހޭ ގައިޑްލައިނެއް ކަނޑައެޅާފައިވާ މައްސަލަ
  12. * ސިވިލް ސަރވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލު ކަމަށް ކަނޑައަޅާފައިވާ މައްސަލަ
  13. * ފަނޑިޔާރުންގެ ފެންވަރު ވަަޒަންކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް އަންގައި ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅި މައްސަލަ
  14. * 18 ވަނަ ރައްޔިތުންގެ މަޖިލީހުން 12 މެމްބަރެއްގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބު އަދާނުކުރެވޭ ގޮތަށް އަދި އެ މެމްބަރުން މެމްބަރުކަމުގެ ހައިސިއްޔަތު ގެއްލިދާނެގޮތަށް އަމަލުކުރި މައްސަލަ
  15. * 01 ފެބްރުއަރީ 2018 ވަަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ބައިތައް ފަހުން ބާތިލުކުރި މައްސަލަ
  16. * ސުޕްރީމް ކޯޓުގެ ސަރކިއުލާތަކާއި އާންމު ސިޓީތައް މެދުވެރިކޮށް، އެހެން ކޯޓުތަކުގެ އިދާރީ ހިންގުމާއި، ފަނޑިޔާރުން ޖެހޭ އުސޫލުތަކާއި، ރައްޔިތުން ތަބާވުން ލާޒިމް ''ގާނޫނޫ'' ހަދާ މައްސަލަ

ޖޭއެސްސީން ވަނީ އެ ކޮމިޝަނުގެ ތަހުގީގަށް ހޯދުނު މައުލޫމާތުތައް ލިޔެކިޔުންތައްވެސް އެ ރިޕޯޓުގައި ހިމަނާފައެވެ.

ޖޭއެސްސީން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާއިރު، އެމަނިކުފާނު ގެންދަވަނީ ޖޭއެސްސީގެ ތަހުޤީޤަށް އެއްބާރުލުން ނުދެއްްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ޖޭއެސްސީން ވުޖޫދުގައި ނުވާ ސުލޫކީ މައްސަލަތަކެއް އަމިއްލަ ޚިޔާލަށް އުފައްދައިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތަހުޤީޤުތަކެއް ހިންގާ ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ޢަމަލުތައް ސިލްސިލާ ގޮތެއްގައި ހިންގަމުން އަންނަ ކަމަށް ވިދާޅުވެ ސަސްޕެންޝަން ގަބޫލުނުކުރައްވާ ކަމަށް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވެެފައެވެ.

ޖޭއެސްސީން ކޮމިޓީ އަށް ހުށައެޅި ރިޕޯޓް ފާސްކޮށް، މަޖީލިހުގެ ތަޅުމަށް ފޮނުވައި، ހޯމަ ދުވަހު ވޯޓުނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
22%
52%
3%
11%
2%
11%
ކޮމެންޓް
16 ނޮވެންބަރ 2019 | ހޮނިހިރު 20:53
ތިމަންނަ
މި ކަލޭ ފަ ހާ ބޭރުކޮށްލާ
16 ނޮވެންބަރ 2019 | ހޮނިހިރު 16:21
ރައްޔިތުންގެ 2ަޑު
އޭގެ ތެރެއިން ގިނަ ކަންކަމަކީ ކުރަިގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ނިންމެވި ކަންކަން. ކިހިނެއް މިހާރުގެ އުއްތަމަ ފަނޑިޔާރުގެ ބޮލަށްޖަހާނީ. ދިރާސާކުރާ ކޮންމެ މީހަކަށްވެސް އެނގޭނެ ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ނޫންކަން. ސުޕރީމް ކޯޓުގެ ނިންމުމަކަށް ޖޭއެސްސީ އަށް ބަދަލެއް ނުގެނެވޭނެ. ނަަމަވެސް ސުލޫކީ މައްސަލަތައް ބެލޭނެ. ދުސްތޫރީ މައްސަލަތައްވެސް ބެލޭނެ 65 މެމްބަރުންގެ ތާޢީދަކީ ޢުމުރަށް ެެެެެެެ އޮންނާނެ އެއްޗެއް ނޫން.
16 ނޮވެންބަރ 2019 | ހޮނިހިރު 16:11
ހުސޭން ބެ
ޤާނޫނީ ނަޒަރަކުން ބަލާއިރު ތިޔާ ލިސްޓް ކޮށްފައިވާ 16 މައްސަލައިގެ ތެރޭގައި އުއްތަމަ ފަނޑިޔާރު މަޤާމުން ބޭރުކުރަންޖެހޭ ވަރުގެ އެއްވެސް ސްލޫކީ މައްސަލައެއް ފެންނާކަށް ނެތް، ތިޔައީ ހަމަ ހަސަދަގަނޑެއް ފިލުވާލާ ބާރުގެ ބޭނުންކޮށްގެން ސްޕްރީމްކޯޓްގެ ބާރުތަކަށް އަރައިގަތުން. ތިޔަ ނިންމުން ބާރުގެ ބޭނުން ކޮށްގެން ނިންމިދާނެ، އެކަމަކު ތިޔައީ ރަނގަޅު ނިންމުމެއް ކަމުގައި ބަލައިގަނެވޭނެ އެއްވެސް ޖާގައެއް ނެތް، މަޖިލީހުގެ މެމްބަރުން އަމިއްލަ މަސްލަހަތަށް ވުރެ ޤައުމީ މަސްލަޙަތަށް އިސްކަން ދެއްވާނެ ކަމަށް އުއްމީދު ކުރަން، ސްޕްރީމް ކޯޓް ކަމުގައިވިއަސް އަދި އެނޫން ކޯޓެއް ކަމުގައި ވިއަސް ރައްޔިތުންގެ މަޖިލީސް ކަމުގައި ވިއަސް އެ ތަންތަނުން ނިންމާ ހުރިހާ ނިންމުމަކީ އެންމެ ރަނގަޅަށް ނިންމާ މައްސަލަތައް ކަމުގައި ނުވާނެ، ނުވެސް ވާނެ، އެހެން ނަމަވެސް ކޯޓް ތަކުން ހުރިހާ މަރުހަލާއެއް ފުރިހަމަ ކޮށް ނިންމާ ނިންމުމަކީ ޤާނޫނީ ގޮތުން ބަލައިގަންނަ ނިންމުން ތައް، އެ ހެޔޮ އެނިންމުންތައް ގޯސް ކަމުގައި ވިއަސް، އެބާރު ޤާނޫނު ތަކުން ފަނޑިޔާރުން ނަށް ވަނީ ދީފައި، ތިޔަ ޖޭ އެސް ސީ އިން ތިޔަ ނިންމާ މައްސަލަ ތައް ވެސް މާދަމަ އެހެން ބަޔަކު ތިޔަ މަޤާމުތަކާ ހަވާލުވުމަށް ފަހު ހަމަ ތިގޮތަށް ހެދި ގޯސް ތަކުގެ ލިސްޓް ނެރޭނެ، ވީމާ، ތިޔައިން އެއްވެސް ނިންމުމަކީ ރަަނގަޅު ނިންމުކަށް ނުވާނެ، މުޅިންވެސް ފެނިގެން ދަނީ ބަދަލު ހިފުމާއި އެއްބަޔަކު އަނެއް ބަޔަކަށް ލަނޑު ދިނުމުގެ އަމަލުތައް،
16 ނޮވެންބަރ 2019 | ހޮނިހިރު 14:40
އެދުރު ހަސަން
ދެންވެސް ގާނޫނޭ ނުކިޔާ މަޑުންހުރޭ .ރީތިވެއްޖެއްއެއްނުން. ބާރެއްލިބުނީމަ ގާނޫނެއް ގިޔާމަތެއް ވާކަމެއް ނޭގޭ. މިއަދު އަނގަ ތައްމިނައް ހުޅުވައިގެން ހުރެ ގާނޫނޭ ކިޔަން ލަދުގަންނަންޖެހޭ. ވަގުންތުން ވަގުތައް ސިކުރިޓީއާއި އެލެވެސް ދިނުން ހުއްޓާލަން. ފެނޭ. . .ރައިއްޔަތުންގެ ފައިސާ ބޭކާރު ގޮތުގައި ހަރަދުކުރުން ވަގތުން ހުއްޓާލަންޖެހޭ.