ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 18:54
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕްރޭޝަން
ތިން ރަށެއްގައި އައު އިންޖީނުގެ އެޅުމަށް ބަޔަކާ ހަވާލުކޮށްފި
 
މިތިން އިންޖީނުގެ ގޭގެ މަސައްކަތް 2020 ވަނަ އަހަރުގެ ތެރޭގައި ނިންމަންޖެހޭ
 
ފޯކައިދޫ، ފިނޭ، އަދި މިލަދޫގެ އައު އިންޖީނުގެ އެޅުމަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައި

ފެނަކަ ކޯޕްރޭޝަނުން ތިން ރަށެއްގައި އައު އިންޖީނުގެ އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ފެނައިން ބުނީ ބުދަ ދުވަހު ށ. ފޯކައިދޫގައި އަލަށް އިމާރާތް ކުރާ އިންޖީނު ގޭގެ އެއްބަސްވުމުގައި ވަލީދު ކޮންސްޓަރަކްޝަނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. މިއެއްބަސްވުމުގައި ވަލީދު ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ވެރިޔާ ވަލީދު އަބްދުލް ގާދިރެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ވަހީދެވެ.

މިމަޝްރޫއު ވަލީދު ކޮންސްޓްރަކްޝަނާ ހަވާލުކުރީ 5،660،951.96 ( ފަސްމިލިއަން ހަލައްކަ ފަސްދޮޅަސްހާސް ނުވަސަތޭކަ ފަންސާސް އެއްރުފިޔާ ނުވަދިހަ ހަ ލާރި) އަށް، އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހަށް ނިންމާ ގޮތަށެވެ.

ހދ. ފިނޭގައި އަލަށް އިމާރަތް ކުރާ އިންޖީނުގޭގެ އެއްބަސްވުމުގައި އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ފެނަކައިން ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި އެލްއެފް ކޮސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އަހްމަދު ފިރާގެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ވަހީދެވެ.

އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިމަޝްރޫއު ހަވާލުކުރީ 5،249،479.62 (ފަސް މިލިއަން ދެލައްކަ ސާޅިސް ނުވަހާސް ހަތަރު ސަތޭކަ ހަތްދިހަ ނުވަ ރުފިހާ ފަސްދޮޅަސް ދެ ލާރި) އަށް، އަންނަ އަހަރުގެ މާރޗްމަހުގެ 19 ވަނަ ދުވަހަށް ނިންމާ ގޮތަށެވެ.

މީގެ އިތުރުން ނ. މިލަދޫގައި އަލަށް އިމާރާތް ކުރާ އިންޖީނު ގޭގައި އެއްބަސްވުމުގައި ބީޗް ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާ ފެނަކަ އާ ދެމެދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ބީޗް ބިލްޑަރސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރަ އަބްދުލް ވާހިދު އިބްރާހީމެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ވަހީދެވެ.

ބީޗް ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާ މިމަޝްރޫއު ހަވާލުކުރީ 5،530،189.40 (ފަސްމިލިއަން ފަސްލައްކަ ތިރީސްހާސް ސަތޭކަ އަށްޑިހަ ނުވަ ރުފިހާ ސާޅިސް ލާރި)އަށެވެ. ބުރާސްފަތި ދުވަހު މިމަޝްރޫއު ހަވާލުކުރީ 19-04-2020 އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހަށް ނިންމާ ގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް