ކ. މާލެ
|
9 ނޮވެންބަރ 2019 | ހޮނިހިރު 11:50
މަނީ ހެއިސްޓްގެ ޕޯސްޓަރެއް
މަނީ ހެއިސްޓްގެ ޕޯސްޓަރެއް
ފޯބްސް މަޖައްލާ
ސީރީޒް
މަނީ ހެއިސްޓްގެ ހަތަރު ވަނަ ސީޒަން ޖެނުއަރީ މަހުގެ 18 ގައި ؟!
 
ހަތަރު ވަނަ ސީޒަން މިހާރު އަންނަނީ ޝޫޓް ކުރަމުން

ދިވެހިންގެ ތެރޭގައި މަގުބޫލުކަމުން ހޯދާފައިވާ ސްޕެނިޝް ސީރީޒް "މަނީ ހެއިސްޓް" ގެ ހަތަރު ވަނަ ސީޒަން ނިކުތުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

މި ސީރީޒްގެ ހަތަރު ވަނަ ސީޒަން އަންނަ ޖެނުއަރީ މަހު ނިކުންނާނެ ކަން ކަށަވަރު ވެފައިވީ ނަމަވެސް ނިކުންނާނީ ކޮން ދުވަހަކު ކަމެއް އަދި ޔަޤީނެއް ނޫނެވެ. މި ސީރީޒްގެ ޕްރޮޑިޔުސަރ އެލެކްސް ޕިނާ މިދިޔަ ހަފްތާގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން ބުނެފައިވަނީ ހަތަރު ވަނަ ސީޒަން ޝޫޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައެވެ.

މަނީ ހެއިސްޓްގެ ފުރަތަމަ ސީޒަން އާއި ދެވަނަ ސީޒަން ދައްކާފައިވަނީ 2017 ވަނަ އަހަރު އެވެ. މީގެ ތިންވަނަ ސީޒަން ނިކުމެފައިވަނީ މިއަހަރުގެ ޖުލައި މަހުއެވެ. ނެޓްފްލިކްސްއިން ބުނެފައިވަނީ މި ސީރީޒް ދުނިޔޭގެ އެކިކަންކޮޅުތަކުން 34 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާ ކަމުގަ އެވެ.

މަނީ ހެއިސްޓް އަކީ މިސްޓްރީ މީހެއްކަމަށްވާ ޕްރޮފެސަރގެ މާސްޓަރ ޕްލޭނެއްގެ ދަށުން އަށް ކުށްވެރިން ފަސް މަސް ވަންދެން ޓްރެއިންކޮށް 2.4 ބިލިއަން ޔޫރޯ ބޭންކަކުން ވަގަށް ނެގުމަށް ކުރާ މަސައްކަތުގެ މައްޗަށް ހަދާފައިވާ ސީރީޒް އެކެވެ. މިމީހުން ބޭންކުތެރޭގައި އެ ބޭންކުގައި މަސައްކަތްކުރާ މުވައްޒަފުން ހޮސްޓޭޖުކޮށްގެން 11 ދުވަސްވަންދެން ތަޅު ލެވިގެން އެމީހުން ބޭނުންވާ އަދަދަށް ފައިސާ ޗާޕުކުރެ އެވެ. ޕްރޮފެސާ ހުންނަނީ ބޭރުގައި ފުލުހުން ގެ ކަންކަން ބަލާ އެމީހުންގެ ޕްލޭން ކާމިޔާބުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާށެވެ.

ތިން ވަނަ ސީޒަން ނިމިގެންދިޔައިރު ނައިރޯބީ މަރާ ހަނގުރާމަ ކުރަމުންދަނީ އެވެ. އަދި ރަކޭލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެއެވެ. އެހެންކަމުން ދެން މިމީހުންނަށް ވާނެ ގޮތަކާއި ޕްރޮފެސަރގެ ޕްލޭން ކާމިޔާބު ކުރުމަށް މިފަހަރު ކުރާނީ ކޮންކަމެއްތޯ އެނގިގެންދާނީ ހަތަރު ވަނަ ސީޒަން އިންނެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިއީ މިސީރީޒްގެ އެންމެ ފަހު ސީޒަން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
50%
0%
50%
0%
0%
ކޮމެންޓް