ހުކުރު 22 ނޮވެންބަރު 2019
09 ނޮރަ
1441 ރަބީއުލް އައްވަލް 25
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07
ރާއްޖެ - ޕޮލިސް

ފުލުހުންގެ ނެއިބަރހުޑް ސަޕޯރޓް އޮފިސަރުންގެ ޚިދުމަތް އައްޑޫ ސިޓީގައި ދޭން ފަށައިފި

  • އައްޑޫ ސިޓީގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުން ވަނީ އައްޑޫ ސިޓީގެ 1068 ގޭބިސީއަކަށާއި ވިޔަފާރިކުރާ 146 ތަނަކަށް ޒިޔާރަތްކޮށްފަ
  • ނެއިބަރހުޑް ސަޕޯޓް އޮފިސަރުން ކަނޑައަޅާފައިވަނީ 21 ސަރަޙަދަކަށް

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 8 ނޮވެންބަރު 2019 | ހުކުރު 13:09 1,559

ފުލުހުންގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތް އައްޑޫ ސިޓީގައި ރަސްމީކޮށް ފެށުމުގެ ހަފްލާގެ ތެރެއިން - ޕޮލިސް

ފުލުހުންގެ ނެއިބަރހުޑް ސަޕޯރޓް އޮފިސަރުންގެ ޚިދުމަތް އައްޑޫ ސިޓީގައި ރަސްމީކޮށް ފަށައިފިއެވެ.

އައްޑޫ ސިޓީ ގަން އީކުއޭޓަރ ވިލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ނެއިބަރހުޑް ސަޕޯރޓް އޮފިސަރުންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

ނެއިބަރހުޑް ސަޕޯރޓް އޮފިސަރުންގެ ޚިދުމަތާއެކު އައްޑޫ ސިޓީގެ ގޭބިސީތަކަކާއި އެއޮފިސަރަކަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތްކޮށް، ގޭބިސީތަކާއި އެސަރަަހައްދުތަކުގެ އާންމު މަޢުލޫމާތު އޮޅުފިލުވާނެއެވެ. އަދި އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު އަމަލުތަކާއި އެސަރަހައްދުތަކުގައި ހިނގާ އެހެނިހެން ކުށްތައް ދެނެގަނެ ހައްލު ހޯދައިދިނުމަށް މަސައްކަތްކުރަމުންދާނެއެވެ.

މީގެއިތުރުން ކުށް މަދުކުރުމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންވީ ގޮތުގެ މަޢުލޫމާތު، އެސަރަޙައްދުގައި ހިމެނޭ އާންމު ރައްޔިތުންނާއި ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުށުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި އެކި މައްސަލަތަކުގައި ހެކިބަސްދޭ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތްކުރުމާއި، އިންޓެލިޖެންސާއި އެސަރަޙައްދަކުން ލިބޭ މަޢުލޫމާތު ފުލުހުންނާއި ހިއްސާކޮށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރާނެއެވެ.

އައްޑޫ ސިޓީގެ އަވަށްތައް ބެހިފައިވާގޮތަށްބަލައި، ނެއިބަރހުޑް ސަޕޯޓް އޮފިސަރުން ކަނޑައަޅާފައިވަނީ 21 ސަރަޙަދަކަށެވެ. އެގޮތުން މިއިން ކޮންމެ ސަރަޙައްދެއްގައި ނެއިބަރހުޑް ދެ ސަޕޯރޓް އޮފިސަރުން ހަރަކާތްތެރި ވަމުންދާނެއެވެ. އައްޑޫ ސިޓީގައި ނެއިބަރހުޑް ސަޕޯރޓް އޮފިސަރުންގެ ޚިދުމަތް ހުކުރު ދުވަހު ރަސްމީކޮށް ފެށިނަމަވެސް މިއަހަރުގެ މެއި މަހުން ފެށިގެން މި ޚިދުމަތް އައްޑޫ ސިޓީގައި ދެމުން ގޮސްފައިވެއެވެ.

އެގޮތުން މިހާތަނަށް އައްޑޫ ސިޓީގެ ނެއިބަރހުޑް ސަޕޯރޓް އޮފިސަރުން ވަނީ އައްޑޫ ސިޓީގެ 1068 ގޭބިސީއަކަށާއި ވިޔަފާރިކުރާ 146 ތަނަކަށް ޒިޔާރަތްކޮށްފައެވެ.

އާންމު ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ޤާއިމްވެފައިވާ ތަނަކަށް ހެދުމާއި، ގޭބިސީތަކާއި ގޭބިސީތައް ހިމެނޭ ސަރަޙައްދުތަކަކީ ދިރިއުޅުމަށާއި ހިނގާބިނގާވެ އުޅުމަށް ފަހި، ހިތްްގައިމު މާޙައުލަކަށް ހެދުމަށާއި އަދި އާންމު ރައްޔިތުންނަށް ދިމާވާ ކަންބޮޑުވުންތައް ފުލުހުންނާއި ފަސޭހައިން ހިއްސާކޮށް، އެކަންކަމުގެ ޙައްލު ހޯދައިދިނުމުގެ ގޮތުން ފެށިގެން ދިޔަ މި ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މި ޚިދުމަތް މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައިވެސް ދަނީ ފޯރުކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް