ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 13:18
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް
ރާއްޖެ އެމްވީ
ހިއުމަން ރައިޓްސް ކޮމިޓީ
ލާއިންސާނީ އަމަލުތަަކަށް ފަނޑިޔާރަކު ހިތްވަރުދިނުން ބަލައެއް ނުގަނެވޭނެ: މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ
 
ކޮމެޓީއިން ދެކޭ ގޮތް ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ޝާއިރު ކުރުމަށް ވަނީ ނިންމާފަ
 
ޖީހާން ވިދާޅުވީ އެ ތަސްވީރު ބޭނުން ކުރެވުނީ ޝަހީދު ހުސައިން އާދަމްއަށް ވަރަށް ކުޑައިމީސް ގޮތަކަށް ކަމަށް

ލާއިންސާނީ އަމަލުތަަކަށް ފަނޑިޔާރަކު ހިތްވަރުދިނުން ބަލައެއް ނުގަނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ބުނެފިއެވެ.

ކޮމެޓީއިން އެ އިޝާރާތް ކުރަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ކްރިމިނަލް ކޯޓުގެ އަން އޮފިޝަލް ވައިބަރ ގްރޫޕެއްގައި ހިއްސާ ކުރި ފޯޓޮއެއް އާއްމުވި މައްސަލައަށެވެ. އޭނާ ޝެއަރ ކުރި ފޮޓޯއިން ފެނިގެންދަނީ ނޮވެމްބަރު ތިނެއްގެ ހަމަލާގައި ޝަހީދުވެވަޑައިގެންނެވި ޝަހީދު ހުސައިން އާދަމް، އެ ދުވަހުގެ ހަމަލާގައި އިސްކޮށް އުޅުނު ބައެއް ފަރާތްތައް ޗެންޗޭނު ޖަހައިގެން ގެންދާ މަންޒަރެވެ. އެ ފޮޓޯގައި ފެނިގެންދާ ސަފުގެ ފަހަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތިއްބަވާ މަންޒަރު ފެނިގެންދެއެވެ. އެ މައްސަލައިގައި ގާޒީ ހައިލަމް ވަނީ 60 ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ސަސްޕެންޑް ކުރެވިފައެވެ.

ކޮމެޓީގެ ސަމާލުކަމަށް މި މައްސަލަ ގެންނެވީ ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. ކޮމެޓީގެ ސަމާލު ކަމަށް މި މައްސަލަ ގެންނަވަމުން ޖީހާން ވިދާޅުވީ އެ ތަސްވީރު ބޭނުން ކުރެވުނީ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު ހުސައިން އާދަމްއަށް ވަރަށް ކުޑައިމީސް ގޮތަކަށް ކަމަށެވެ.

ވޭތުވެ ދިޔަ ހަފްތާގައި އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ ކޯޓެއްގެ ގާޒީއެއް، ޚާއްސަކޮށް ކްރިމިނަލް ކޯޓުގެ އިސްގާޒީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިއުމުގެ ނަމުގައި ބައެއްގެ މައްޗަށް ދަށު ދަރަޖައިގެ ލާއިންސާނީ ދަރަޖައިގެ އަމަލުތައް ކުރެވޭ މަންޒަރު ދައްކުވައިދޭ ފޮޓޮއެއް ބޭނުންކޮށްގެން، ބައެއްގެ ކަރުގައި ޗޭނު ޖަހައިގެން ދަމާ މަންޒަރު ސިފަކޮށްދޭ ފޮޓޮއެއް، ތަސްވީރެއްގެ ބެނުންކޮށްގެން ނަސްރުގެ ދުވަހުގެ ތަހުނިޔާ އިންފޯރމަލް ވައިބަރ ގްރޫޕެއްގައި ކީތަން. އަދި ޚާއްސަކޮށް އަޅުގަނޑު ފާހަގަ ކޯށްލަން މި ދަށު ދަރަޖައިގެ އަމަލު އަމަލުގެ ތެރޭގައި އަޅުގަނޑުމެންގެ ނަސްރުގެ ދުވަސް މި ފާހަގަ ކުރާ، އަޅުގަނޑުމެންނަށް މިގޮތުގައި މިނިވަންކަން ލިބުމުގައި އެންމެ މުހިއްމު އެއްދައުރު އަދާ ކުރި ފަރާތްތަކަމަށްވާ ޝަހީދު ހުސައިން އާދަމްގެ ތަސްވީރެއް ކުޑައިމީސް ގޮތަކަށް މި ބޭނުން ކުރެވެނީ.
ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން

މެމްބަރު ވިދާޅުވީ އެ ފޮޓޯގައި ކޮންމެ ބަޔަކު ތިބި ނަމަވެސް ކަންބޮޑުވަނީ ސިޔާސީ ބަޔަކު އެ ފޮޓޯގައި ހުރުމަކުންނެއް ނޫން ކަމަށެވެ. މެމްބަރު ވަނީ ޖުޑީޝަރީގެ ޒިންމާއާއި ހަވާލުވެގެން ހުންނެވި ފަރާތެއްގެ ފުށުން އެފަދަ ލާއިންސާނީ، ދަށު ދަރަޖައިގެ އަމަލަކަށް ހިއްވަރު ލިބޭފަދަ ފޮޓޯއެއް ބޭނުން ކުރުމުން އެ އަމަލު ކުށްވެރިކުރައްވާފައެވެ.

އަދި އެ ކޮމެޓިއަކީ ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޖެންޑަރ ކޮމެޓީއަށް ވުމުން އެ ފަދަ ކަންކަމުގައި ކޮމެޓީއަށް ފެންނަ ގޮތް ބަޔާން ކުރުމަކީ ކޮމެޓީގެ ޒިންމާއެއް ކަމަށް މެމްބަރު ވިދާޅުވިއެވެ. ދައުލަތުގެ އޮފިޝަލެއް އެފަދަ އަމަލެއް ކޮށްގެން ނުވާނެ ކަމަށް އެންޓި ޓޯރޗަރ ގާނޫނުގައި ވެސް ސާފުކޮށް ބަޔާން ކުރާ ކަަމަށް ވެސް މުގައްރިރު ވިދާޅުވިއެވެ. ކޮމެޓީއިން ވަނީ ގާޒީ ހައިލަމްގެ މައްސަލައާއި ގުޅިގެން ކޮމެޓީއިން ދެކޭ ގޮތް ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ޝާއިރު ކުރުމަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
20%
20%
0%
60%
0%
0%
ކޮމެންޓް