އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ޝޫޓިން

އޭޝިއަން ޝޫޓިން ކޮންފެޑަރޭޝަނުގެ މެންބަރުކަމަށް މުޙައްމަދު ޒާހިރު!

  • މިއީ ޝޫޓިން އެސޯސިއޭޝަނުގެ ރައީސް މި މަގާމަށް އިންތިހާބުވި ދެވަނަ ފަހަރު

ކ. މާލެ | 5 ނޮވެންބަރ 2019 | އަންގާރަ 19:09 | 2,380

މުހައްމަދު ޒާހިރު (ކ) - ސޯޝަލް މީޑިއާ

އޭޝިއަން ޝޫޓިން ކޮންފަޑަރޭޝަން (އޭއެސްސީ)ގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މުޙައްމަދު ޒާހިރު އިންތިޚާބުކޮށްފިއެވެ.

އޭއެސްސީގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރު ކަމަށް މުޙައްމަދު ޒާހިރު އިންތިޚާބުކޮށްފައިވަނީ ކުރިޔަށް އޮތް ހަތް އަހަރަށެވެ.

އޭއެސްސީގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ޒާހިރު އިންތިޚާބުވުމަކީ ޝޫޓިން ކުޅިވަރު ރާއްޖޭގައި ކުރިއެރުވުމަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށް ޝޫޓިން އެސޯސިއޭޝަނުން ބުނެއެވެ.

އޭޝިއާގެ ޝޫޓިންގެ މައި އިދާރާ، އޭއެސްސީގެ އެގްޒެކެޓިވް ބޯޑުގެ ހުރިހާ މަޤާމަކަށް ވަނީ މެމްބަރުން އިންތިޚާބު ކޮށްފައެވެ. މަޤާމުތަކަށް މެންބަރުން އިންތިޚާބުކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހު ބޭއްވި އެޖަމްޢިއްޔާގެ ޖެނެރަލް އެސެމްބްލީގައެވެ.

އޭއެސްސީގެ ރައީސްގެ މަޤާމަށް ހޮވިފައިވަނީ ކުވައިތުގެ އަމީރު ޝައިޚް ސަލްމާން އަލް-ޞަބާޙެވެ. އަދި ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ހޮވިފައިވަނީ ކުވޭތުގެ ޝޫޓިން ފެޑެރޭޝަނުގެ ރައީސް އަލް ދުއެއިޖް އަލް އުތައިބީއެވެ.

މިއީ އޭޝިއަން ޝޫޓިން ކޮންފަޑަރޭޝަންގެ މެންބަރު ކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޭޖަރ ޖެނެރަލް ރިޓަޔަރޑް މުޙައްމަދު ޒާހިރު އިންތިޚާބުވި ދެވަނަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.