ކ. މާލެ
|
1 ނޮވެންބަރ 2019 | ހުކުރު 07:35
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ރާއްޖެއެމްވީ
ޓޫރިޒަމް މިނިސްޓްރީ
ރާއްޖޭގެ އިޝްތިހާރެއް ފުރަތަމަ ފަހަރަށް ޔޫރަޕުް ކްލަބެއްގެ ޖޯޒީގައި ޖަހަނީ
 
މި އިޝްތިހާރުތައް ތިން އަހަރު ދުވަހަށް ކުރިއަށްގެންދާނެ
 
ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެ
 
މުޅި އެއްބަސްވުމުގެ އަގަކީ 2.9 މިލިއަން ޑޮލަރު

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރާއްޖޭގެ އިޝްތިހާރެއް ފުރަތަމަ ފަހަރަށް ޔޫރަޕުގެ ބޮޑު ކްލަބެއްގެ ޖޯޒީގައި ޖަހަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޑަބްލިއުޓީއެމަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބްރޭންޑް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން ޑައިވާސިފައި ކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އިޝްތިހާރު ޖަހަނީ ސްޕެނިޝް ލީގުގެ ސެލްޓަ ވިގޯގެ ޖޯޒީ އާއި ސްޓޭޑިއަމް އަދި އެ ޓީމުގެ ޕްރެކްޓިސް ކިޓުގައި ކަމަށެވެ. އަދި އިޝްތިހާރުގައި ބޭނުން ކުރާނީ "ވިޒިޓް މޯލްޑިވްސް" ލޯގޯ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ބާސެލޯނާއާ ދެކޮޅަށް ސެލްޓަވީގޯ އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅޭ މެޗުގައި ސެލްޓަ ވީގޯ ނިކުންނާނީ ރާއްޖޭގެ އިޝްތިހާރު ޖަހާފައިވާ ޖޯޒީގަ ކަމަށެވެ.

ފިހާރަތަކުގައި ވިއްކަން ބެހެއްޓިފަ ހުންނަ ޖޯޒީތަކުގަ ކްލަބް ދަތުރުކުރަން ބޭނުން ކުރާ ބަހުގައި ވެސް ދިވެހިރާއްޖޭގެ ލޯގޯ ބެހެއްޓިފައި ހުންނާނެ. ސެލްޓަވީގޯއާއެކު ސްޓޭޑިއަމްގައި ކުޅޭ މެޗްތަކުގަ ޕެރެމީޓަރ ލެޑް ސްކްރީންގައި ރާއްޖޭގެ ދިވެހިރާއްޖޭގެ ވީޑިއޯތައް ވެސް ދައްކަމުންދާނެ. އަދި އެ ކުލަބް ކަނޑައަޅާ އުސޫލުގެ ތެރެއިން ކުޅުންތެރިން ދިވެހިރާއްޖެ އިޝްތިހާރު ކުރަމުންދާނެ.
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ޕެކޭޖަށް އަހަރަކު ނުވަލައްކަ ނުވަ ދިހަ ހަ ހާސް ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އަދި މުޅި އެއްބަސްވުމުގެ އަގަކީ 2.9 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އިޝްތިހާރުތައް ތިން އަހަރު ދުވަހަށް ކުރިއަށްގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލަލީގާގެ 18 ވަނައާއެކު ރެލިގޭޝަން ޒޯނުގައި އޮތް ސެލްޓަވީގޯއާއެކު އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ ނޮވެމްބަރު ހަތަރު ވަނަ ދުވަހު ބާއްވާ ބައިނަލްއަގުވާމީ ނިއުސް ކޮންފަރެންސެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
7%
73%
0%
7%
0%
13%
ކޮމެންޓް