ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 19:15
ޅ. ނައިފަރު
ޅ. ނައިފަރު
ޓްވިޓަރ
ހައުސިން މިނިސްޓްރީ
ނައިފަރުގައި ތަރައްޤީކުރަމުން އަންނަ ހައުސިން މަޝްރޫޢު ހުއްޓާލަން އޭޖީ އޮފީހުން އަންގައިފި
 
މިފަދަ ޕްރޮކްޓްތަކަކީ އަވަހަށް ނިންމަން ބޭނުންވާ ޕޮރޮޖެކްޓަތަކެއް ކަމަށް ވިދާޅުވި

ޅ. ނައިފަރުގައި ތަރައްޤީކުރަމުން އަންނަ ހައުސިން މަޝްރޫޢު މިހާރު އޮތްގޮތައް ކުރިއަށް ނުގެންދަން ބަންޑާރަ ނައިބުގެ އޮފީހުން ހައުސިން މިނިސްޓްރީއަށް އަންގައިފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އާރބަން ޑިވެލޮޕްމެންޓުން މިކަން ހާމަކޮށްފައިވަނީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަރބަން ޑިވެލޮޕްމެންޓް މިނިސްޓަރ އައިމިނަތު އާތިފާ ޝަކޫރު ވިދާޅުވީ، ޅ. ނައިފަރުގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ހައުސިން މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގާ ހޯމަ ދުވަހު އޭޖީ އޮފީހުން ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އަދި އެސިޓީގައި ބަޔާންކޮށްފައިވާގޮތުން މަޝްރޫޢު ކުރިޔަށް ގެންދެވޭނީ އަލުން ބީލަމަށް ހުޅުވާލައިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް މިއަދު އޭޖީ އޮފީހުން ސިޓީއެއް ދެއްވި އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދެވޭނެ ކަމަށް. މިއަހަރުގެ ޕީއެސްއައިޕީގައި އޮތް ވައުދެއް ހަވާލުކޮށްފައި މިހާ ހިސާބަށް މި ދިޔައީ. މިއަދު ހަމަ ވަރަށް ދިގު އެތައް ބައިވަރު ޕޮއިންޓެގެ މައްޗަށް ލިއުއްވާފައި އެ ފޮނުއްވާލީ. ފޮނުއްވި ސިޓީން އަލުން އަނެއްކާ ބިޑް ކުރަން މިޖެހުނީ
އައިމިނަތު އާތިފާ/ ހައުސިން މިނިސްޓަރ

ދައުލަތުގެ ބަޖެޓުގެ ޕީއެސްއައިޕީގައި ހިމެނައިގެން ނައިފަރުގައި ތަރައްޤީ ކުރަމުން އަންނަ 100 ހައުސިން ޔުނިޓުގެ މަޝްރޫޢަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ މިފަދަ މަޝްރޫޢުތަކަކީ އަވަހަށް ނިންމަން ބޭނުންވާ މަޝްރޫޢުތަކެއް ކަމަށެވެ.

ނަމަވެސް އެފަދަ އެންގުންތަކުގެ ސަބަބުން އަލުން ބީލަމަށް ހުޅުވާލައިގެން މަޝްރޫޢު ކުރިއަށްގެންދަންޖެހުމުން މަސައްކަތް މަޑުޖެހި އެކަމުގައި އުނދަގޫތަކެއް ދިމާވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަހަލަ ޖަޖްމެންޓަލް ކަންތައް ކުރަމުންދާއިރުގައި އަޅުގަނޑުމެންގެ ޑެލިވަރީގެ މަސައްކަތް ފުރޮޅި ފަހަތަށް މިހާ ލިމިޓެޑްކޮށް ކުރަމުންދާއިރު ހިފެހެއްޓޭގޮތްވުން މިއީ އަލްޓިމޭޓްލީ ހައުސިން މިނިސްޓަރ އެބަ ޒިންމާވާން ޖެހޭ ޕީއެސްއައިޕީގައި މިއޮތް ޑެލިވަރީއަށް
އައިމިނަތު އާތިފާ/ ހައުސިން މިނިސްޓަރ

ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން ކުރިޔަށްގެންދާ މިފަދަ މުހިންމު މަޝްރޫޢުތައް ލަސްވުމުން އެކަމުގެ ޒިންމާ ނަގަންޖެހެނީ އެކަމަށް ޒިންމާވާ މިނިސްޓަރ ކަން ޚުދު އެކަމަނާ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
13%
8%
4%
54%
4%
17%
ކޮމެންޓް