ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 18:20
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ސަން އޮންލައިން
މޯލްޑިވް ގޭސް
މޯލްޑިވް ގޭސް އިން ކުޑަކުދިންގެ ހިޔާތަކަށް ގޭސް ހަދިޔާކޮށްފި
 
10،000 ރުފިޔާގެ ތަކެތި ވަނީ ހަދިޔާކޮށްފައި

މޯލްޑިވް ގޭސްއިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށާއި ހުޅުމާލޭގައި ހުންނަ ފިޔަވަތި އަށް ހިލޭ ގޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހޯމަ ދުވަހު އެލައިޑު އިންޝުއެރެންސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ, އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ އިކްރާމެވެ. ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފެވެ.

އެ ރަސްމިއްޔާތުގައި ވާހާކަ ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ، ދައުލަތުން ކުދިން ބަލަހައްޓާ މަރުކަޒުތައް ހިންގަނީ ގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަމާއިއެކުގައި ކަމަށެވެ. އަދި މަރުކަޒުގައި ދައުލަތުގެ ބެލުމުގައި ދަށުގައި ތިބޭ ކުދިންގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަމާއި އަދި އެކުދިންނަށް ކުރިއެރުން ހޯދައިދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ އިކްރާމް ވިދާޅުވީ، އެކުންފުނިން ހިލޭ ގޭސް ހަދިޔާ ކުރަނީ ކުންފުންޏަށް 20 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ކަަމަށެވެ.

މޯލްޑިވް ގޭސް އިން ކުޑަކުދިންގެ ހިޔާތަކަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް އެއްބަސްވިކަން އިޢުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނިން ވަނީ ކުޑަ ކުދިންގެ ހިޔާތަކަށް 10،000 ރުފިޔާގެ އަގުހުރި ތަކެތި ވެސް ހަދިޔާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
22 އޮކްޓޯބަރ 2019 | އަންގާރަ 02:06
ބެއްޔަ
ސާބަހޭ ބަކޫ