ކ. މާލެ
|
17 އޮކްޓޯބަރ 2019 | ބުރާސްފަތި 07:48
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން
އަލްޖަޒީރާ
ސީރިޔާ
ތުރުކީ ހުއްޓުވޭ ވަރުގެ އެއްވެސް ގައުމެއް ނެތް: އުރުދުގާން
 
ކުރުދީންގެ ލަޝްކަރުގެ ޖެހޭނީ އަމާންދޭން
 
ބައިނަލް އަގްވާމީ އެތައް ގައުމެއްގެ ނުފޫޒު ދަނީ ކުރިމަތިވަމުން

ސީރިޔާގެ އުތުރުގައި ތުރުކީ ސިފައިންނާއި ކުރުދީންގެ ހަނގުރާމަވެރިންނާ ދެމެދު ކުރަމުންދާ ހަނގުރާމަ އެއްވެސް ވަރަކަށް މަޑުޖައްސާ ނުލާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވިދާޅުވެއްޖެއެވެ.

އުރުދުގާން މިހެން ވިދާޅުވީ އދގެ އިސް އޮފިޝަލުންތަކާ ބައްދަލުކުރުމަށްފަހު ބުދަ ދުވަހު އޭނާގެ ޕާޓީ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އުރުދުގާން ވިދާޅުވީ ބައިނަލްއަގްވާމީ އެތައް ގައުމެއްގެ ނުފޫޒު ކުރިމަތިވި ނަމަވެސް މިކަން ހުއްޓާލާނެ ހަމައެކަނި ގޮތަކީ ސީރިއަން ޑިމަކްރަޓިކް ފޯސްގެ ނަމުގައި އުޅޭ ޓެރަރިސްޓް ޖަމާއަތް އެސަރަހައްދުން ފައްސާލުން ކަމަށެވެ. ނުވަތަ އެމީހުން މިހާރުން މިހާރަށް ވެސް ހަތިޔާރުތައް ބަހައްޓާ އަމާން ދީފިނަމަ، ހަނގުރާމަ ހުއްޓާލާނެ ކަމަށް އުރުދުގާން ވިދާޅުވިއެވެ.

މީގެ އިތުރުން އުރުދުގާން ވިދާޅުވީ މިކަން ހުއްޓުވަން ގައުމުތަކުން ނުފޫޒު ފޯރުވި ނަމަވެސް ބޯނުލަބާނެ ކަމަށާއި، ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްވަންދެން ހަނގުރާމަ ވެރިންނާ ދެކޮޅަށް ހަމަލާ ދޭނެ ކަމަށެވެ.

ކުރުދީންގެ ލަޝްކަރުގެ އިސްވެރިންނާ އެއްވެސް ގޮތަކަށް އެއްވެސް ގޮތަކަށް މަޝްވަރާ ކުރުމަށް ސީދާ ދެކޮޅު ހަދާ އަދި އެމީހުންނަށް އަމާންދީ, ސޭފް ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ދޫކޮށް ދިއުން ގޮތެއް ނެތް ކަމަށް ވެސް އުރުދުގާން ވަނީ ވިދާޅުވެފައެވެ.

އުރުދުގާން ވިދާޅުވީ މާތްﷲގެ ރަހުމަތާއެކު ދާދި އަވަހަށް ކާމިޔާބު ލިބޭނެ ކަމަށާއި، އެސަރަހައްދު އެއްކޮށް ކުރުދީ ހަނގުރާމަވެރިން ފައްސާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
17 އޮކްޓޯބަރ 2019 | ބުރާސްފަތި 19:01
ހަމައެކަނި ގޮތަކީ
ހަމައެކަނި ގޮތަކީ އިޒްރާއިލުން ފަލަސްތީންގެ ރައްޔިތުންނާދޭތެރޭގަ ހިންގާ އަނިޔާ ހުއްޓާލުން!