ހުކުރު 15 ނޮވެންބަރު 2019
02 ނޮރަ
1441 ރަބީއުލް އައްވަލް 18
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ކުޅިވަރު - ދިރާގު ދިވެހި ޕްރިމިއާ ލީގު

ދިރާގު ދިވެހި ޕްރިމިއާ ލީގު: ޔޫވީ އަދި ނިލަންދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ

  • މި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
AthifAthoof

ކ. މާލެ 16 އޮކްޓޯބަރ 2019 | ބުދަ 18:42 1,391

ނިލަންދޫ އަދި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން - އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އަދި ނިލަންދޫ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާ އަކުންނެވެ.

ހަމަހަމަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިފައިވަނީ ނިލަންދޫއިންނެވެ. މި ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަކުރަމް އިސްމާއީލްއެވެ. މި ލަނޑާއެކު ޔޫވީއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ނިލަންދޫގެ ހާފަށް ބާރުބޮޑުކޮށްފައިވެއެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫވީ އިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަހްމަދު ނާޝިދު (ނާއްޓޭ) އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެގެންނެނެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި ނިލަންދޫ ޓީމަށް މައްސަލަތަކާއި ކުރުމަތިލާން ޖެހުނީ އެޓީމުގެ ބިދޭސީ ޑިފެންޑަރ ކިންގްސްލީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.

އެއްކުޅުންތެރިޔަކު މަދުން ކުޅެމުންދިޔަ ނިލަންދޫ ކޮޅަށް ޔޫވީ އިން ލީޑު ނެގީ މެޗުގެ 70 ވަނަ މިނެޓުގައި ބިދޭސީ ފޯވާޑް ސިމިޗް ޖެހި ލަނޑުންނެވެ.

މި ލަނޑާއެކު ޔޫވީއިން ހަމަޖެހިލައިގެން ކުޅުމެންދިޔައިރު ނިލަންދޫ އިން އައީ ޔޫވީގެ ގޯލަށް ހަމަލާތަށް އުފެއްދޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 86 ވަނަ މިނެޓުގައި ޔޫވީއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސްއެވެ.

މި ނަތީޖާއާއިއެކު ލީގު ތާވަލުގެ ހަތްވަނައިގައި ޔުވީ އިން އޮތީ ލިބުނު 8 ޕޮއިންޓާއެކުގައެވެ. އަދި ލީގު ތާވަލުގެ އަށްވަނައިގައި އޮތް ނިލަންދޫއަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް