ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 12:45
އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓު، މުޙައްމަދު ޝިހާބު
އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓު، މުޙައްމަދު ޝިހާބު
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްުޔާގެ އެޑްވައިޒަރަކަށް މަޖިލީހުގެ ކުރީގެ ރައީސް ޝިހާބު އައްޔަންކުރައްވައިފި
 
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒްގެ މަގާމަށް މުޙައްމަދު މާހިރު ޢީސާ ވަނީ ޢައްޔަން ކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް މަޖިލީހުގެ ރައީސްކަން ކުރެއްވި މުޙައްމަދު ޝިހާބު އައްޔަނު ކުރައްވައިފިއެވެ.

އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަންގާރަ ދުވަހު ހަމަޖެއްސެވި މުޙައްމަދު ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ ދުވަސްތަކެއްވަންދެން ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޝިހާބުވަނީ ދެ ވުޒާރާއެއްގެ ވަޒީރުކަމާއި، މާލެ ސިޓީގެ މޭޔަރުކަމުގެ އިތުރުން ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސް މަޤާމުތައް އަދާކުރައްވާފައިވާފައެވެ. ޝިހާބު މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ ޖޭމްސް ކުކް ޔުނިވަރސިޓީންނެވެ.

އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް ޝިހާބު އައްޔަނުކުރައްވާފައިވާއިރު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒްގެ މަގާމަށް މުޙައްމަދު މާހިރު ޢީސާ ވަނީ ޢައްޔަން ކުރައްވަާފައެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒްގެ މަގާމަށް ހަމަޖެއްސެވި މުޙައްމަދު މާހިރު ޢީސާއަކީ މިނިސްޓަރ އޮފް ހޯމްއެފެއަރޒްގެ ނައިބުގެ މަގާމާއި ފާދިއްޕޮޅު އަތޮޅު ކައުންސިލަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މި ދެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ އަންގާރަ ދުވަހުގެ ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
15 އޮކްޓޯބަރ 2019 | އަންގާރަ 17:00
ވެރިންނައް އެޑްވައިޒް
މީ ވެރިންނައް އެޑްވައިޒް ދެވޭފެންވަރުގެ މީހުންބާ؟ ފައިސާތަ ގިނަވެގެން ތިއުޅުނީ!