ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 10:32
އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން
އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން
މަޖިލިސް
ކުނިމެނޭޖްކުރުމުގެ އިންވެސްޓްމަންޓް އޮތީ ނުކޮށް
ކުނި މެނޭޖްކުރުމުގެ އިންވެސްޓްމަންޓް އޮތީ ރަނގަޅަށް ނުކުރެވި : މިނިސްޓަރ
 
ބައެއް ރަށްރަށުގައި އެކަށީގެންވާ ވަސީލަތްތައް ގާއިމް ކުރެވިފައި ނެތް

ރާއްއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުނި މެނޭޖްކުރުމުގެ އިންވެސްޓްމަންޓް އޮތީ ރަނގަޅަށް ނުކުރެވިކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުނި މެނޭޖްކުރުމުގެ އިންވެސްޓްމަންޓް އޮތީ ރަނގަޅަށް ނުކުރެވި ކަމަށާއި، މިނިސްޓްރީއާ ހަވާލުވި އިރު ވެސް އެކަން ވާރުތަވެފައި އޮތީ އެގޮތަށް ކަމަށެވެ. އަދި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު ކުރެއްވި ސުވާލުގައި ވިދާޅުވީ ހޯރަފުއްޓާއި ތުރާކުނާއި އުލިގަން، މި ތިން ރަށަކީވެސް ކުނީގެ މައްސަލަ ވަރަށް ބޮޑު ތިން ރަށް ކަމަށާއި، މި އަހަރުގެ ތެރޭގައި މިނިސްޓްރީގެ ވަފުދެއް އެ ދާއިރާއަށް ދަތުރުކުރައްވާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި މި ތިން ރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހައްލުކުރުމަށް އެހީތެރިވެދެއްވާނެ ކަމަށް މިނިސްޓްރީން ބުނެފައިވުމުން، އެކަންކަން ހިނގާނެތޯ ސަލީމް ސުވާލުކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ހޯރަފުއްޓަށް ބަލާއިރު އެރަށުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމް ކުރެވިފައި ކަމަށާއި، އެތަނަށް ބޭނުންވާ ބައެއް އިކްވިޕްމަންޓް ހުރިކަމަށެވެ. ނަމަވެސް އެ ރަށަކީ ބޮޑު އާބާދީއެއް އޮންނަ ރަށަކަށް ވެފައި، އެކަށީގެންވާ ސާމާނު އެރަށުގައި ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަ ކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައި. އަދި އެނޫން ވެސް ބޮޑެތި ރަށްރަށުގެ މައްސަލަ ހައްލުކުރުމަށް މިދަނީ މަސައްކަތް ކުރަމުން،"
އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން

މިނިސްޓަރ ވިދާޅުވީ ކަންކަން ކުރެވެން އޮތީ ދައުލަތުގެ ބަޖެޓުން އެކަންކަން ކުރެވެން ހުރި މިންވަރަކުން ކަމަށާއި، ހުރިހާ ރަށަކަށް ވެސް ކަންކަން ކޮށްދެވެން ހުރި މިންވަރަކުން އެކަންކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ތުރާކުނުގެ ކުނީގެ މައްސަލައަށްވެސް ބަޖެޓުން ކަންކަން ކުރެވެން ހުރި ވަރަކަށް ކުރަމުން ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް