ބުދަ 16 އޮކްޓޯބަރ 2019
13 ހިތަ
1441 ސަފަރު 17
ފަތިސް 04:38
އިރުއަރާ 05:49
މެންދުރު 11:56
އަސްރު 15:10
މަޣްރިބް 17:54
އިޝާ 19:06
ދުނިޔެ - ޗައިނާ-ޕާކިސްތާން

ޗައިނާ އާއި ޕާކިސްތާނުން އިތުރަށް ގުޅުންތައް ވަރުގަދަކުރަން ނިންމައިފި

  • ދެ ގައުމުގެ ވިޔަފާރިއާއި އިގްތިސާދީ ކަންކަން ރަނގަޅު ކުރުމަށް މަޝްވަރާ ކުރެއްވި
  • ޗައިނަ ވަނީ ޕާކިސްތާނަށް ގިނަ ދާއިރާ ތަކަކުން މަސައްކަތްތަކަށް އެހީވާން ތައްޔާރަށް ކަމަށް ބުނެފަ

މުހައްމަދު މުސްތަފާ
musthomummu

ކ. މާލެ 10 އޮކްޓޯބަރ 2019 | ބުރާސްފަތި 12:58 2,043

ޗައިނާ އާއި ޕާކިސްތާނުގެ ބޮޑު ވަޒީރުން - ގޫގުލް

ޗައިނާ އާއި ޕާކިސްތާނުން އެކި ދާއިރާތަކުން ގުޅުންތައް އިތުރަށް ބަދަހިކުރަން ނިންމައިފިއެވެ.

ދެ ގައުމުގެ ދެމެދުގައި ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާތައް ކުރީ ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ޗައިނާގެ ބެއިޖިން އަށް ވަޑައިގެން ޗައިނާގެ ބޮޑު ވަޒީރު ލީ ކެޗިޔާންގް އާއި ދެ ބޭފުޅުން ކުރެއްވި ބައްދަލުވުމެއްގައެވެ. އިމްރާން ޚާން ޗައިނާއަށް ވަޑައިގަތުމުން ލީ ވަނީ ހޫނު މަރުޙަބާއެއް ވެސް ދަންނަވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ލީ ވިދާޅުވީ، އަވަށްޓެރި ޤައުމުތަކަށް ޗައިނާއިން އިސްކަންދޭ ފަދައިން ޕާކިސްތާނަށް ވެސް ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ ކަމަށާއި ޕާކިސްތާނުގެ ރައްޔިތުންގެ ޙައްޤު ތަކާއި ޕާކިސްތާނުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އިތުރަށް ބޭނުންވާ ކަންކަމުގެ ދިފާއުގައި ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ޗައިނާއިން އެއްބާރުލުން ދޭނެ ކަމަށެވެ.

ބައިނަލްއަޤުވާމީ އަދި ޞަރަޙައްދީ ފެންވަރުގައި ޕާކިސްތާނު އަދާ ކުރާ ދައުރު އިތުރަށް ފުޅާކުރުމަކީ ޗައިނާއިން އަބަދުވެސް ދެކޭ ގޮތް ކަމުގައި ލީ ވިދާޅުވިއިރު ޗައިނާއިން އޮތީ ވިޔަފާރީ އާއި އިޤްތިޞާދީ ގޮތުން ގުޅިގެން މަސައްކަތްކޮށްގެން ކުރިޔަށްދާން ކަމަށް އެ ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވިއެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރުގެ ވާހަކަފުޅުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ގައުމަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. އޭގެ އިތުރަށް ވިޔަފާރިއާއި އިޤްތިޞާދީ އަދި އެހެނިހެން ދާއިރާތަކުގެ މަސައްކަތްތަކުގައި ވެސް ޗައިނާ އާއެކު ކުރިޔަށްދާން އޮތް ކަމަށް އިމްރާން ޚާން ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް