ހޯމަ 17 ފެބުރުއަރީ 2020
ހިޔަވިހާ 4
1441 ޖުމާދުލް އާހިރަތު 23
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35
ކުޅިވަރު - އަހްމަދި ނަޝީދް (ޑޭވް)

ކްލަބްތަކުގެ ޙާލަތު ދަށްވުމުގެ ޒިންމާ މަޙްލޫފް ނަގަންޖެހޭ : ޑޭވް

  • ޑޭވް ވަނީ މަހްލޫފަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައި

އަތޫފް އާތިފް
AthifAthoof

ކ. މާލެ 8 އޮކްޓޯބަރ 2019 | އަންގާރަ 20:02 11,172

އަހްމަދު ނަޝީދް (ޑޭވް) - ރާއްޖެ އޮންލައިން

ކްލަބްތަކުގެ ޙާލަތު ދަށްވުމުގެ ޒިންމާ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ނަންގަވަންޖެހޭ ކަމަށް ކުރީގެ ސްޕޯޓްސް ކޮމިޝަނަރ އަޙްމަދު ނަޝީދު (ޑޭވް) ބުނެފިއެވެ.

ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަދައްކަމުން ޑޭވް ވަނީ ސަރުކާރުގެ ކުޅިވަރުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

އެގޮތުން ޑޭވް ބުނީ ސަރުކާރުން ކުރިން ދެމުން އައި 2 މިލިއަން ރުފިޔާގެ ފައިސާގެ އެހީ އަށް ކްލަބްތަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ކަމަށެވެ. ޓީސީ ސްޕޯރޓްސް ކްލަބުން އެ ފައިސާ އަށް ބަރޯސާ ވެފައިވާ މިންވަރު ޕރޮގުރާމުގައި ޑޭވް ފާޅުކުރިއެވެ.

ރާއްޖޭގެ ބޮޑެތި ކްލަބްތަށް ހިންގަމުން އައި ގޮތާއި މިހާރު އުފެދެމުން އަންނަ ކްލަބްތަށް ހިންގަމުންދާ ގޮތް ތަފާތު ކަމަށް ބުނަމުން ޑޭވް ބުނީ އަރަމުން އަންނަ ކްލަބްތަކުން ކުރިއަރައިގެން އައީ ސްޕޮންސަރުން ދިން އެހީތެރިކަމާއެކުގައި ކަމަށާއި ކުޑަ ބަޖެޓަކުން ޓީމުތަށް ހިންގުމަކީ މިހާރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ފުޓުބޯޅަ ކްލަބްތަށް ކުރިއެރުވުމަށް މި ސަރުކާރުން މާބޮޑު މަސައްކަތެއް ނުކުރާ ކަމަށާއި ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަރަށް ބޮޑަށް ފެއިލް ވެފައި ކަމަށް ޑޭވް ބުންޏެވެ.

ކުޅިވަރާބެހޭ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެފައިވަނީ ފުޓުބޯޅަ ކުރިއެރުވޭނީ އަތޮޅުތަކަށް ހުޅުވައިލައިގެން މުބާރާތެއް ބާއްވައިގެން ކަމަށާއި ރާއްޖޭގައި މީގެ ކުރިން ވެސް ފުޓުބޯޅަ ކްލަބްތަށް ހިންގަމުން ގެންދިޔައީ ސަރުކާރުން ދެ މިލިއަން ރުފިޔާގެ ފައިސާގެ އެހީއެއް ދިނުމަކާއި ނުލާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް