ހޯމަ 17 ފެބުރުއަރީ 2020
ހިޔަވިހާ 4
1441 ޖުމާދުލް އާހިރަތު 23
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35
ރާއްޖެ - ހިއުމަންރައިޓްސް ކޮމިޝަން

މޫސާ އަލީ ކަލޭފާނު މަޤާމުން ވަކިކުރުމަށް ހުށަހަޅައި، މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެންނަނީ

  • އައްޔަނު ކުރެވުނު އިރުވެސް އޭނާގެ މައްޗަށް 24 މިލިއަން ރުފިޔާގެ މަކަރާއި ހީލަތާއި އޮޅުވާލި ކަމުގެ މައްސަލައިގެ ތުހުމަތު ކުރެވޭ

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ 6 އޮކްޓޯބަރ 2019 | އާދީއްތަ 22:26 31,050

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރު މޫސާ އަލީ ކަލޭފާނު - ގޫގުލް

24 މިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރު މޫސާ އަލީ ކަލޭފާނު އެ ކޮމިޝަނުން ވަކިކުރުމަށް ހުށަހަޅައި މަޖިލީހުގެ ރައީސަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ފާސްކޮފިއެވެ.

މޫސާ އަލީ ކަލޭފާނު ވަކި ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލު ކަމަށް ގެނައުމަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް ޢަލީއެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.

މި ހުށަހެޅުން ހުށަހަޅުއްވަމުން މެމްބަރު ޔޫނުސް ވިދާޅުވީ މި ފަދަ ތުހުމަތުތަކެއް ކުރެވޭ މެމްބަރެއް ހިއުމަން ރައިޓްސް ކޮމިޝަނެއްގައި ހުރުމަކީ އެ ފަދަ މުއައްސަސާއަކާއި މެދު ރައްޔިތުން ދެކޭ ގޮތް ބަދަލުވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިފަދަ ތުހުމަތެއް ކުރެވޭ ފަރާތެއް އެ ކޮމިޝަންގައި ހުރުމަކީ އެ ކޮމިޝަންގެ މެދުގައި އޮންނަ ގަދަރާއި އިއްޒަތް ކުޑަވެގެންދާނެ ކަމެއް ކަމަށެވެ. އެހެން ކަމުން މެމްބަރަށް ފެނިވަޑައިގަންނަވަނީ މޫސާ އަލީ ކަލޭފާނު ކޮމިޝަނުން ވަކި ކުރުމަށް މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެނައުން ކަމަށެވެ.

އާ ގަވާއިދުގެ ދަށުން އެއްވެސް ބޭފުޅަކު މަޤާމަކުން ވަކި ކުރުމަށް ކޮމެޓީއަކަށް ފެނިއްޖެ ހާލަތުގައި މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެންނަން ޖެހެއެވެ. އިސްލާޙު ކުރެވުނު ގަވާއިދުގައި މުސްތަޤިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގެ މީހުން ވަކި ކުރުމާއި ބެހޭ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށް ފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓެއްގެ މައްޗަށް ބަހުޘްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް މޫސާ އަލީކަލޭފާނު އައްޔަނު ކުރެވުނު އިރުވެސް އޭނާގެ މައްޗަށް 24 މިލިއަން ރުފިޔާގެ މަކަރާއި ހީލަތާއި އޮޅުވާލި ކަމުގެ މައްސަލައިގެ ތުހުމަތު ކުރެވެއެވެ. އެގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ދައުވާ ކުރުމަށް 2013 ވަނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވަނީ ފޮނުވާފައެވެ. މި މުއްދަތުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް އެ މައްސަލަ ވަނި ހުށަހަޅާފައެވެ. މި ތުހުމަތު އޭނާގެ މައްޗަށް ސާބިތު ވެފައި ނުވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދަށް އައުމާއި ގުޅިގެން، ވަކި ތާރީހެއްގެ ކުރިން ހިނގާފައިވާ މައްސަލަތައް ނުބެލޭނެ ކަމަށް ވުމާއި އެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް