އަންގާރަ 22 އޮކްޓޯބަރ 2019
05 ހެއި
1441 ސަފަރު 23
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:11
މަޣްރިބް 17:53
އިޝާ 19:05
ރިޕޯޓު - ޕިކަލްސް

ޕިކަލްސް : ޒަމާނީ ރަހަތަކާއެކު ކެއުމަކަށް އިންސާފުކޮށްލަން ދާން އެއްވަނަ!

  • ޕިކަލްސް އިން މުޅިން އާ ރަހަތައް މިހާރު ލިބެން ހުންނާނެ
  • ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގައި ލަންޗް ބުފޭ އިންނާނެ

މުހައްމަދު މުސްތަފާ
musthomummu

ކ. މާލެ 6 އޮކްޓޯބަރ 2019 | އާދީއްތަ 16:15 2,515

ޕިކަލްސް ރެސްޓޯރެންޓް - ފޭސްބުކް

ދިވެހިންނަކީ އަބަދުވެސް ތަފާތު ކާއެއްޗެހި ކެއުމަށް ލޯބިކުރާ ބައެކެވެ. ނަން މަޝްހޫރު ރެސްޓޯރެންޓްތަކަށް ބަލައިލިޔަސް އެކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. ގޭގައި މީރު އެއްޗެއް ތައްޔާރުކޮށްފައި ހުއްޓަސް ބޭރުން ރެސްޓޯރެންޓްތަކުން އެއަށްވުރެއް ރަހަ މީރު އެއްޗެއް ކައި ނުލައެއް ހިތްހަމައެއް ނުޖެހެއެވެ. އޮފީސް ބްރޭކް ގަޑިތަކުގައި ވެސް ރެސްޓޯރެންޓްތައް ދަނީ ފުރި ބާރުވެގެންނެވެ.

މި ފަހަކަށް އައިސް ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ރެސްޓޯރެންޓަކަށް ވެފައިވަނީ ޕިކަލްސް ރެސްޓޯރެންޓެވެ. މަޖީދީ މަގުގައި އިންނަ އަރަބިއްޔާ ފްލެޓް (މާލެ ގްރޭންޑް)ގައި އިންނަ އެ ތަނުން ރަހަތައް ބަލާލުމަށްފަހު ފީޑްބެކްތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އަންނަ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ.

އެންމެ ފުރަތަމަ އެތަނުގެ ކެއުންތަކަށް އިންސާފުކުރުމަށްފަހު ތަޖުރިބާ ސޯޝަލް މީޑިއާގައި އާންމުކުރާތަން ފެންނަން ފެށީ ދިވެހި ފަންނާނުންގެ އެކި އެކި ޕޯސްޓްތަކުންނެވެ. ނަމަވެސް މިހާރު ގިނަ ދިވެހިން އަންނަނީ އެތަނުގެ ތަޖުރިބާ ޙިއްސާކުރަމުންނެވެ.

އަޅުގަނޑު ވެސް އެތަނުން ބައެއް ކާއެއްޗެހީގެ ރަހަތައް ތަޖުރިބާ ކޮށްލައިފީމެވެ. ތަނުގެ ހިތްފަސޭހަކަމާއެކު ޒަމާނީ ރަހަތައް ރަހަ ބަލާލީ ހިތްހަމަޖެހި އިނދެއެވެ. ހަޤީގަތުގައި ވެސް ޕިކަލްސްގައި ކާއެއްޗެހި އަދި ބުއިންތަކުގެ ރަހަވެސް ވަރަށް ފުރިހަމައެވެ.

ފާހަގަކޮށްލެވޭ އަނެއްކަމަކީ ދުވަހެއް ދުވަހަކަށް ޕިކަލްސްގެ މެނޫއަށް ތަފާތު އާ ކާއެއްޗެހި އިތުރުވާ ކަމެވެ. ދިވެހިން ކާހިތްވާ އަދި ޞިއްޙަތަށް ފައިދާ ހުރި ގިނަ އެއްޗެހި އެތަނުން މިހާރު ލިބެން އެބަހުއްޓެވެ.

ކައި ނިންމާލުމަށްފަހު އެތަނުގެ މާރކެޓިން މެނޭޖަރު މުހައްމަދު ފައިސަލް އާ ބައްދަލުކޮށްލީ ތަނުގެ ވިޔަފާރިއާ އެތަނަށް އޮންނަ ޑިމާންޑްތަކާ ބެހޭގޮތުން ވާހަކަދައްކާލާށެވެ. ދިވެހިންނަށް އާ މޫނަކަށް ނުވާނެ ފިލްމީ ތަރި ފައިސަލް ބުނީ ދުވަހެއް ދުވަހަކަށް ޕިކަލްސް އަށް ވަންނަ ކަސްޓަމަރުން އިތުރު ވަމުން އަންނަކަމަށެވެ. އަދި އެތަނުގެ ބައެއް ޚާއްޞަ ކެއުންތައް ވަރަށް ބޮޑަށް ވެސް ދިވެހިންގެ ތެރޭގައި މިހާރު ވައިގަ ހިފާލާފައިވާ ކަމަށް އޭނާ ބުންޏެވެ

އޭގެ އިތުރުން އޭނާ ވަނީ އެތަނުގެ އެންމެ މަޝްހޫރު ކެއުންތަކާއި އަދި މުޅިން އާ ރަހަތަކުގެ ވާހަކަތައް ވެސް ހިއްސާކޮށްފައެވެ.

"ޕިކަލްސްގެ ޝަވަރުމާ މިހާރު އެންމެންނަށް ވެސް ވަރަށް ކަމުދޭ.. ޝަވަރްމާގެ ބީފް، ވިކަން، މިކްސް ޝަވަރްމާ، ތަންދޫރީ ޗިކަން އަދި ޗިލީ ޗިކަން މިހާރު މިކޮޅުން ލިބޭނެ" ފައިސަލް ބުންޏެވެ.

ފައިސަލް އިތުރަށް ބުނީ، ގިނަ ބައެއްގެ އެދުމާއި އެކު މިހާރު އެކަކަކަށް ކެވޭ ގޮތަށް ޝަވަރުމާ ޕްލެޓާ ތައާރަފް ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރަށް ޕިކަލްސް އިން ލިބެން ހުންނަ ހޮޓް ޕޮޓްގެ ރަހަތަކާއި، ތާލީ ބިރިޔާނީ އަދި ބަޓަރ ޗިކަންއަކީ އެތަނުގެ ވަރަށް ފާސްޓް މޫވިން ފުޑް ތަކެއް ކަން ފައިސަލް ފާހަގަކުރިއެވެ.

ފައިސަލް ބުނީ ޕިކަލްސް އިން ލަންޗް ބުފޭ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގައި ލިބެން ހުންނައިރު ތަނުގެ ވިޔަފާރިވެސް ވަރަށް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ހީވަނީ އޮފީސްތަކުގެ ބޭފުޅުންނަށް ވެސް ވަރަށް ކަމުދާނެހެން ލަންޗް ބުފޭ" ފައިސަލް ބުންޏެވެ.

ޙަޤީގަތުގައި ވެސް ޕިކަލްސް ވަރަށް "ސަޅި"އެވެ. ހިތްގައިމު އަދި ހަމަހިމޭން މާޙައުލެއްގައި އިނދެ މި ޒަމާނުގެ ކެއުންތަކަށް އިންސާފުކޮށްލަން ދާން ޕިކަލްސް މިއީ ހަމަ އެއްވަނައިގެ ތަނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް