އަންގާރަ 26 މެއި 2020
07 ރޯނު
1441 ޝައްވާލް 03
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
ފަސްޓް ލޭޑީ

ކެންސަރ ސޮސައިޓީން ބޭއްވި ގާލާ ޑިނަރގައި ފަސްޓް ލޭޑީ ބައިވެރިވެ ވަޑައިގެންފި

  • ގާލާ ޑިނަރ އަކީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެއް

ކ. މާލެ | 4 އޮކްޓޯބަރ 2019 | ހުކުރު 23:34 | 3,722

ގާލާ ޑީނަރ ގައި މެޑަމް ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގަންނަވަނީ - ރައީސް އޮފީސް

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ފަންޑް ރެއިސިންގ ގާލާ ޑިނަރގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.

ހުކުރު ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތުގައި މެޑަމް ފަޒްނާ ވަނީ "އެހީތެރިޔާ ވަރުބަލިކަމުން ދުރުވުމަށް މަގެއް" ގެ ނަމުގައި އެކުލަވާލާފައިވާ ފޮތް އިފްތިތާޙް ކޮށްދެއްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "އައި އޭމް އެގެއިންސްޓް ޕަބްލިކް ސްމޯކިން" ކެންޕެއިންގެ ދަށުން ކުރިއަށް ގެންދާ ޕެޓިޝަނެއްގައި ވެސް ސޮއިކުރައްވާފައެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބާއްވާ ފަންޑްރައިސިންގ ގާލާ ޑިނަރ އަކީ ކޮންމެ އަހަރަކުވެސް އެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ ހަރަކާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.