ކ. މާލެ
|
5 އޮކްޓޯބަރ 2019 | ހޮނިހިރު 04:44
ގައުމީ ފުޓުބޯޅަ ޓީމު
ގައުމީ ފުޓުބޯޅަ ޓީމު
އެފްއޭއެމް
ގައުމީ ފުޓުބޯޅަ ޓީމު
ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން އުމުރާގެ އަޅުކަން އަދާ ކޮށްފި
 
މި މަހު 10 ވަނަ ދުވަހު ރާއްޖެ އާއި ސީރިއާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި

ވޯލްޑް ކަޕާާއި، އޭއެފްސީ ޖޮއިންޓް ކޮލިފިކޭޝަނުގައި ސީރިއާ އާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެގޮތުން ސައުދީގައި މިހާރު ކޭމްޕް ކުރަމުންދާ ސީނިއަރ ޤައުމީ ޓީމުގެ ކުޅުންތެރިން އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ޓްރެއިނިންގް ކޭމްޕް ރާއްޖެއިން ހެދުމަށް ހަމަޖެހިފައިވާއިރު، މި ޓްރެއިނިންގގެ ކުރިން ހުކުރު ދުވަހު ޤައުމީ ޓީމު ކުޅުންތެރިންވަނީ މައްކާއަށް ގޮސް އުމްރާގެ އަޅުކަން އަދާ ކޮށްފައެވެ.

މި މަހު 10 ވަނަ ދުވަހު ރާއްޖެ އާއި ސީރިއާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައެވެ. މި މެޗު ޔޫއޭއޫގައި ބާއްވަން ނިންމީ ސީރިއާގައި ކުރިޔަށްދާ ހަނގުރާމައިގެ ސަބަބުން ސީރިއާގެ އަމިއްލަ ދަނޑުގައި މެޗު ކުޅެން ނުރައްކާވުމުގެ ސަބަބުންނެވެ.

މި މެޗަށް ރާއްޖެއިން ނިކުންނައިރު ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި އިތުބާރު ފޯވަރޑް އަލީ އަޝްފާގަށް ވަނީ ގައުމީ ޓީމުން ޖާގަ ދީފައެވެ. ގިނަ ދުވަސް ތަކަކަށް ފަހު އަޝްފާގަށް ޤައުމީ ސްކޮޑުން ޖާގަ ދިނީ ކޮލިފައިންގައި ރާއްޖެ އާއި ޗައިނާ ބައްދަލުކުރި މެޗަށެވެ.

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ކުޅުނު ފުރަތަމަ މެޗުން ގުއާމް އަތުން ރާއްޖެ 1-0 އިން މޮޅުވިއިރު، މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން އަމިއްލަ ޤައުމުގައި ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ޗައިނާ އޮތް އިރު ދެވަނައިގައި އޮތީ ސީރިއާއެވެ. އަދި ތިންވަނައިގައި ފިލިޕީންސް އޮތް އިރު ރާއްޖެ އޮތީ ގްރޫޕްގެ ހަތަރު ވަނައިގައެވެ. ތާވަލުގެ ފުލުގައި ގުއާމް އޮތީ ކުޅުނު ދެމެޗުންވެސް ބަލިވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް