ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ދުނިޔެ - އިރާން-ސައުދީ އަރަބިއާ

އިރާން އޮތީ ސައުދީއާއެކު މަޝްވަރާކުރަން ތައްޔާރަށް

  • ސައުދީ ތެޔޮ އުފައްދާ މަރުކަޒުތަކަށް ދިން ހަމަލާއާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި
  • އަލީ ލަރިޖާނީ އަކީ އިރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް
  • ސައުދީގެ ވަލީއަހުދުވެސް ވަނީ ދާދި ފަހުން ދެ ގައުމުގެ ގުޅުމުގެ ވާހަކަ ދައްކަވާފަ

މުހައްމަދު މުސްތަފާ
musthomummu

ކ. މާލެ 2 އޮކްޓޯބަރ 2019 | ބުދަ 13:16 1,520

އަލީ ލަރިޖާނީ - އަލްޖަޒީރާ

އިރާން އޮތީ ސައުދީ އަރަބިއްޔާއާއެކު މަޝްވަރާ ކުރުމަށް ތައްޔާރަށް ކަމަށް އެޤައުމުގެ ޤާނޫންހަދާ މަޖިލިޙުގެ ރައީސް އަލީ ލަރިޖާނީ ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ އަންގާރަ ދުވަހު އަލް ޖަޒީރާއަށް ދިން ޚާއްސަ އިންޓަވިއުއެއްގައެވެ. ލަރިޖާނީ މިހެން ވިދާޅުވެފައި ވަނީ އިރާން އާއި ސައުދީގެ ދެމެދުގައި ސެކިއުރިޓީގެ ކަންކަން ވަރުގަދަކޮށް އަސްކަރީ ކަންކަން ރަނގަޅު ކުރުމާ ބެހޭގޮތުން ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.

މި ދެބޭފުޅުން މީޑިއާތަކުގައި މިގޮތަށް ވާހަކަފުޅު ދައްކަވާފައި މިވަނީ ދާދި ފަހުން ސައުދީގެ ތެޔޮ އުފައްދާ މައި މަރުކަޒުތަކަށް ދިން ހަމަލާތަކަށްފަހު ދެ ގައުމުގެ ދެމެދުގައި ޖެހުނު މައްސަލަތަކަށް ފަހުއެވެ.

އިރާންގެ ޕާލިމަންޓްގެ ރައީސް އަލް ޖަޒީރާ އަށް ވިދާޅުވެފައިވަނީ ސައުދީއާއެކު މަޝްވަރާ ކުރުމަށްފަހު ދެ ގައުމުގެ ދެމެދުގައި ސެކިއުރިޓީގެ ކަންކަން ވަރުގަދަވެ، ސިޔާސީ ބައެއް މައްސަލަ ތަކަށް ވެސް ހައްލު ލިބިގެން ދާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ސުލްހަ މަސަލަސް ގާއިމް ވެގެންދާނެ ކަމަށާއި އެހެން ގައުމުތަކާއެކު ވެސް މަޝްވަރާތައް ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި އިރާން އަކީ ވަރުގަދަ ތަނެއް ކަމަށާއި އިރާންގެ އަސްކަރީ ކަންތައްތައް ވެސް ވަރުގަދަ ވާނެ ކަމުގެ ޔަގީންކަން ލަރިޖާނީ ވަނީ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް