ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 17:34
މިއަހަރުގެ އެކްސްޕޯގައި 80 އަށް ވުރެ ގިން ސްޓޯލް ވަނީ ބައިވެރިވެފަ
މިއަހަރުގެ އެކްސްޕޯގައި 80 އަށް ވުރެ ގިން ސްޓޯލް ވަނީ ބައިވެރިވެފަ
ކޯޕަރޭޓް ބިޒްނަސް އެކްސްޕޯ 2019
ކޯޕަރޭޓް ބިޒްނަސް އެކްސްޕޯ 2019 ފަށައިފި
 
އެކްސްޕޯ ކުރިއަށް ދާ ވަގުތު ޕެނަލް ޑިސްކަޝަންސް ވެސް ކުރިއަށް ގެންދާނެ
 
އެކްސްޕޯ ކުރިއަށް ދަނީ ސެޕްޓެމްބަރު 29 އަދި 30 ގައި
 
އެކްސްޕޯ ކުރިއަށް ދަނީ ދަރުބާރުގޭގައި

ކޯޕަރޭޓް ބިޒްނަސް އެކްސްޕޯ 2019 ފަށައިފިއެވެ.

ދަރުބާރުގޭގައި ކުރިއަށްގެންދާ މި އެކްސްޕޯ ފަށާފައިވަނީ އާދިއްތަ ދުވަހު މެންދުރު 1:30 ގައެވެ. މި އެކްސްޕޯ ކުރިއަށް ދަނީ ސެޕްޓެމްބަރު 29 އަދި 30، ދެދުވަހު މެންދުރު 01:30 އިން ރޭގަނޑު 10:00 އަށެވެ.

މި އަހަރުގެ ބިޒްނަސް އެކްސްޕޯގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 80 އަށް ވުރެ ގިނަ ސްޓޯލް ވަނީ ބައިވެރިވެފައެވެ. އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް، ސްޓޯލްތަކަށް ވަޑައިގަތުމުން އެ ކުންފުންޏަކުން ލިބެން ހުންނަ މުދަލާއި ހިދުމަތާއި ބެހޭ މައުލޫމާތު ލިބިގެން ދާނެއެވެ. އެކްސްޕޯގައި ބައިވެރިވި ބައެއް ކުންފުނި ތަކުން އެމީހުންގެ އާ ޕްރޮޑަކްޓްތައް އެކްސްޕޯގެ ތެރޭގައި ލޯންޗްކުރުމަށް ހަމަޖެހިފައި ވާއިރު، ބައެއް ކުންފުނި ތަކުން، އެކްސްޕޯއަށް ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާނެއެވެ. އެ ގޮތުން ސްޓޯލްތަކަށް ޒިޔާރަތް ކޮށްލުމުން، މި ޕްރޮމޯޝަންތަކުގެ ގުރުއަތުލުމުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ބިޒްނަސް އެކްސްޕޯ ކުރިއަށް ދާ ވަގުތު، މޯލްޑިވްސް ޔަންގް އެންޓަރޕްރިނުއަރ ސަމިޓް، މޯލްޑިވެސް ޓެކްސް ސަމިޓް، މޯލްޑިވްސް ވިމެން އެންޓަރޕްރިނުއަރ ސަމިޓް ގެ އިތުރުން މޯލްޑިވްސް ފައިނޭންސް ސަމިޓެއް ކުރިއަށް ދާނެ ކަމަށް އެކްސްޕޯ އިންތިޒާމްކޮށް ހިންގާ އޯރކާ މީޑިއާ ގްރޫޕްގެ މެނޭޖަރ، އަހްމަދު ނާސިރު މައުލޫމާތުދެއްވިއެވެ.

ނާސިރު މައުލޫމާތު ދެއްވި ގޮތުގައި މި ސަމިޓް ތަކުގައި މޮޑަރޭޓަރަކާއި ފަސް ޕެންލިސްޓުންނާއިކު ޕެނަލް ޑިސްކަޝަން އެއްވެސް ކުރިއަށް ދާނެއެވެ. ޕެނަލިސްޓުން ނަކީ، ވިޔަފާރިއާއި މާލީ ދާއިރާއިން ފުންނާބު އުސް މީހުން ކަމަށާއި ސަމިޓް ކުރިއަށް ދަނީ ވީހާވެސް ބޮޑަށް އޯޑިއަންސް އާއި އިންޓަރެކްޓް ކޮށްގެން ކަމަށް ނަސީރު ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން މުހައްމަދު މަލީހް ޖަމާލު ވަނީ އެކްސްޕޯއަށް ވަޑައިގެން، ސްޓޯލަތަކަށް ޒިޔާރަތްކޮށް ސްޓޯލްތައް ބައްލަވާލައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް