ކ. މާލެ
|
28 ސެޕްޓެންބަރ 2019 | ހޮނިހިރު 20:03
ފިރިހެން ޑިވިޟަނުގެ ފައިނަލްގެ ތެރެއިން
ފިރިހެން ޑިވިޟަނުގެ ފައިނަލްގެ ތެރެއިން
އެމްއެންޔޫއެސްޔޫ
އެމްއެންޔޫއެސްޔޫ ފުޓްސެލް ފިއެސްޓާ
އެމްއެންޔޫއެސްޔޫ ފުޓްސެލް ފިއެސްޓާ: އަންހެން ޑިވިޒަނުގެ ޗެމްޕިއަން ޓީމަކަށް އެމްއައި އަދި ފިރިހެން ޑިވިޟަނުގެ ޗެމްޕިއަން ޓީމަކަށް އެވިޑް!
 
ފައިނަލް މެޗު އެވިޑުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުން
 
ފައިނަލް މެޗު އެމްއައި އިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާ އަކުން

އެމްޑަބްލިއުއެސްސީ އެމްއެންޔޫއެސްޔޫ ފުޓްސެލް ފިއެސްޓާގެ އަންހެން ޑިވިޟަނުގެ ޗެމްޕިއަންކަން ފެކަލްޓީ އޮފް އެޑިއުކޭޝަން ބަލިކޮށް އެމްއައި ކޮލެޖު ހޯދިއިރު ފިރިހެން ޑިވިޟަނުގެ ޗެމްޕިއަންކަން ސައިރެކްސް ކޮލެޖު ބަލިކޮށް އެވިޑް ކޮލެޖުން ހޯދައިފިއެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗު އެމްއައި އިން ކާމިޔާބުކުރީ ފަސޭހަ ކަމާއި އެކު އެފްއީ 5-0ގެ ނަތީޖާ އަކުން ބަލިކުރުމަށް ފަހުގައެވެ.

އެމްއައި ކޮލެޖުން މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައި ވާއިރު މި މެޗުގެ ވަރަށް ކުރީ ކޮޅު އެމްއައި ކޮލެޖުންވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އާމިނަތު ޝާމިލާއެވެ. ލަނޑަށް ފަހު ވެސް އެމްއައި ކޮލެޖުން ވަނީ ތަފާތު މޮޅު ކުޅުމެއް ކުޅެ އެފްއީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގައި އެމްއައި ކޮލެޖުން ޖެހި ދެވަނަ ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި ހަލީމަތް ހަސްނާ ކާމިޔާބު ކުރި އިރު އޭނާ ވަނީ އޭގެ ދެ މިނެޓު ފަހުން އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކޮށްފައެވެ

ފައިނަލް މެޗު ޝަރަފުވެރި ކޮށްދިނީ ގަމު ދާއިރާގެ މެމްބަރު

މެޗުގެ ދެވަނަ ހާފު ފަށައިގެން އެފްއީއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެމްއައިގެ ހާފަށް ބާރުބޮޑު ކުރަމުން ދަނިކޮށް އެމްއައި އިންވަނީ އިތުރު ލަނޑެއްޖަހާ މެޗުގެ ލީޑުގެ ފަރަގު ބޮޑު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝާމިލާއެވެ. ޝާމިލާ ލަނޑުޖެހިތާ އެއްމިނެޓު ފަހުން ހަސްނާ ވަނީ އިތުރު ލަނޑެއް ޖަހާ ޗެމްޕިއަންކަން އެމްއައި އަށް ކަށަވަރު ކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކީ އެމް.އައި ކޮލެޖުގެ ހަލީމަތް ހަސްނާއެވެ.

އަންހެން ޑިވިޟަނުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ އެމް.އައި ކޮލެޖުގެ ޖާޒީ ނަމްބަރު 1 ނަޝްފާ މުހައްމަދު، ސައިރެކްސް ކޮލެޖުގެ ޖާޒީ ނަމްބަރު 5 މަރިޔަމް ވަފާ، ވިލާ ކޮލެޖުގެ ޖާޒީ ނަމްބަރު 7 އައިޝަތު އީމާން އަހްމަދު ޒައީމް އަދި އެމް.އައި ކޮލެޖުގެ ޖާޒީ ނަމްބަރު 14 ހަލީމަތް ހަސްނާއެވެ. މި ޑިވިޟަނުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެމް.އައި ކޮލެޖުގެ ޖާޒީ ނަމްބަރު 6 އާމިނަތު ޝާމިލާއެވެ. މި ޑިވިޟަނުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ އެފް.އީގެ ޖާޒީ ނަމްބަރު 5 އާމިނަތު ފަޝީހާއެވެ. އަދި މި ޑިވިޟަންގެ ފެއާ ޕްލޭ ޓީމަކީ ފެކަލްޓީ އޮފް އެޑިއުކޭޝަނެވެ.

އަންހެން ޑިވިޟަނުގެ ފައިނަލް މެޗުގެ ތެރެއިން

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފިރިހެން ޑިވިޟަނުގެ ފައިނަލު އެވިޑުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުން ސައިރެކްސް ކޮލެޖު ބަލިކުރުމަށްފަހުގައެވެ.

އެވިޑް އަދި ސައިރެކްސް ކޮލެޖުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ ކުޅުނު މި މެޗުގެ ވަރަށް ކުރީ ކޮޅު އެވިޑް އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެވިޑް ކޮލެޖުގެ ޖާޒީ ނަމްބަރު 12 ހުސެއިން ސަވީލްއެވެ.

ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އެވިޑް ކުރީގައި އޮވެގެންނެވެ.

އެވިޑް އަދި ސައިރެކްސް ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ ދެވަނަ ހާފުގައި ސައިރެކްސް ކޮލެޖުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ވަނީ އެވިޑްގެ ގޯލަށް ފޮނުވައިލައިފައެވެ. މެޗުގެ 25 ވަނަ މިނެޓުގައި ސައިރެކްސް އިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ސައިރެކްސް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަމްބަރު 12 މުހައްމަދު އަމްޖަދެވެ. ސައިރެކްސް އިން ލަނޑު ޖެހިތާ މާކަ ގިނަ އިރެއް ނުވެ އެވިޑުން ވަނީ ކައިރި ކައިރީގައި އިތުރު ދެ ލަނޑު ޖަހާ މެޗުން އެވިޑް މޮޅު ކޮށްދީފައެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެވިޑަށް މެޗުގައި ދެ ލަނޑު ޖަހައިދިން އިސްމާއީލް މުނީޒްއެވެ.

ފިރިހެން ޑިވިޟަނުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ފެސްޓްގެ ޖާޒީ ނަމްބަރު 9 ތޮލާލް ނަސީރު، ސައިރެކްސްގެ ޖާޒީ ނަމްބަރު 6 އަހްމަދު މަޚްދާލް، އެވިޑްގެ ޖާޒީ ނަމްބަރު 10 ހުސެއިން ސުހައިލް އަދި އެވިޑްގެ ޖާޒީ ނަމްބަރު 1 ޒައިދާން އަހްމަދެވެ. މި ޑިވިޟަނުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެވިޑް ކޮލެޖުގެ ޖާޒީ ނަމްބަރު 12 ހުސެއިން ސަވީލެވެ.

ކާމިޔާބު މުބާރާތެއް ނިންމައިލުމަށްފަހު އެމްއެންޔޫއެސްޔޫގެ ރައީސް މުހައްމަދު ޝާން އާމިރު ބުނީ މި މުބާރާތަކީ މިދިޔަ އަހަރުގެ މުބާރާތަށްވުރެ ކާމިޔާބު މުބާރާތެއް ކަމަށާއި މި މުބާރާތުގެ ހުރިހާ ކަމެއް ކުރުމުގައި ވެސް ބައިވެރިވެފައިވާނީ އެމްއެންޔޫގެ ކުދިން ކަމަށެވެ. މީގެ އިތުރުން ޝާން ބުނީ އުންމީދަކީ ކުރިޔަށް އޮތް ތަނުގައި މުބާރާތުގައި ރެފްރީ ކަން ކުރާ ރެފްރީންނަކީވެސް އެމްއެންޔޫގެ ދަރިވަރުން ކަމުގައި ވުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް