ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 10:01
ލުބުނާންގެ ހިޒްބުއްﷲ ޖަމާއަތުގެ މީޑިއާ ސެންޓަރ މަތީގައި އޮތް ދެ ޑްރޯންގެ ތެރެއިން އެއް ޑްރޯން
ލުބުނާންގެ ހިޒްބުއްﷲ ޖަމާއަތުގެ މީޑިއާ ސެންޓަރ މަތީގައި އޮތް ދެ ޑްރޯންގެ ތެރެއިން އެއް ޑްރޯން
އެރަބް ނިއުސް
ސީރިއާ-އިސްރާއިލް
ސީރިއާއިން އިޒްރޭލުގެ ޑްރޯނެއް އަތުލައިފި
 
އިސްރާއިލުން ހަމަލާތައް ދެނީ ހަޒްބުއްލާ ޖަމާއަތަށް
 
އިސްރާއިލުން ވަނީ ސީރިއާ އަށް އެކި ފަހަރު މަތިން މިސައިލާއި ބޮމުގެ ހަމަލާތައް ދީފަ

ސީރިއާއިން އިޒްރޭލުގެ ޑްރޯނެއް ހިފާ ރޫޅާލައިފިއެވެ.

އިސްރާއިލުން ހިސާރު ކޮށްގެން އުޅޭ "ގޯލަން ހައިޓްސް" ގެ މަތިން ހޮނިހިރު ދުވަހު ހިފެހެއްޓި މި ޑްރޯންގައި ވަނީ ބޮން ހަރުކޮށްފައެވެ. މި ޑްރޯންއާއި ބެހޭ ގިނަ މައުލޫމާތުތަކެއް ހިއްސާ ކޮށްފައި ނެތް ކަމުގައި ވިޔަސް ޑްރޯންގެ ގިން ފޮޓޯތަކެއް ވަނީ ހިއްސާކޮށްފައެވެ.

ދާހިލީ ހަނގުރާމައިގައި ގިނަ ދުވަސްތަކެއް ވެފައިވާ ސީރިއާއަށް އިޒްރޭލުން ވަނީ އެކި ފަހަރު މަތިން ގިނަ އަދަދެއްގެ މިސައިލް އަދި ބޮމުގެ ހަމަލާތައް ދީފައެވެ. އިސްރާއިލުން ބުނަނީ އެމީހުން ހަމަލާތައް ދެނީ ސީރިއާގައި ހަރަކާތްތެރިވާ ލެބަނޫންގެ ހަޒްބުއްލާ ޖަމާއަތުގެ މީހުންނަށް ކަމުގައެވެ.

މިކިމާ ގުޅިގެން ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނެފައި ވަނީ ޑްރޯން ކޮންޓްރޯލްކޮށް ހިފާއްޓައިފައި ވަނީ ސީރިއާގެ ސިފައިން ކަމެއް ނުވަތަ ހަޒްބުއްލާ ޖަމާއަތުން ކަމެއް ސާފު ނުވާކަމުގައެވެ.

ސީރިއާގެ ރައީސް ބަޝާރުލް އައްސަދަށް ވާގިވެރިވާ ހިޒްބުއްﷲ ޖަމާއަތުގެ ގިނަ އަދަދެއްގެ މީހުން ދަނީ ސީރިއާގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރި ވަމުންނެވެ.

އިޒްރޭލުގެ ޑްރޯނެއް ސީރިއާއިން ހިފަހައްޓާފައި މިވަނީ، އަޤްރަބާގެ ދިމިސްކުގައި އިސްރާއިލުގެ ޑްރޯނަކުން ދިން ހަމަލާއެއްގައު ހިޒްބުއްﷲ ގެ ދެ އޮފިޝަލުން މަރުވިތާ ދެ ދުވަސް ފަހުންނެވެ.

އެހެން ނަމަވެސް ހޮނިހިރި ދުވަހު ހިފެހެއްޓި ޑްރޯން ތަކުގެ ޒިންމާ އޮފިޝަލްކޮށް އެއްވެސް ބަޔަކު އަދި ނަގާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
8%
46%
8%
15%
0%
23%
ކޮމެންޓް
22 ސެޕްޓެންބަރ 2019 | އާދީއްތަ 18:06
ތީގާނުރައްކަލެއް
ތީގާނުރައްކަލެއް އޮވެދާނެ!