ހޯމަ 17 ފެބުރުއަރީ 2020
ހިޔަވިހާ 4
1441 ޖުމާދުލް އާހިރަތު 23
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35
ދުނިޔެ - އެމެރިކާ-ޗައިނާ

ބަހެއް އެކްސިޑެންޓްވެ 4 މީހުން މަރުވެއްޖެ

  • ބަހުގައި ދަތުރު ކުރަމުން ދިޔައީ 31 މީހުން
  • ބަހުގައި ދަތުރު ކުރަމުން ދިޔަ ހުރިހާ މީހުންނަށް އަނިޔާވި
  • ފަސް މީހުން އަދިވެސް ވަނީ ކްރިޓިކަލް ކޮންޑިޝަންގައި

ފާތިމަތު އުދުމާ
udhooooo

ކ. މާލެ 22 ސެޕްޓެންބަރ 2019 | އާދީއްތަ 10:03 14,497

ބަހުގައި ދަތުރު ކުރަމުން ދިޔަ ގިނަ މީހުން ތިބީ ސީޓް ބެލްޓް ނާޅައި - އެރަބް ނިއުސް

ޗައިނާގެ ފަތުރުވެރިން ތަކެއް ގޮވައިގެން ދަތުރު ކުރަމުން ދިޔަ ބަހެއް އެކްސިޑެންޓްވެ ހަތަރު މީހުން މަރުވެއްޖެއެވެ.

އެމެރިކާގެ ޔޫޓާގެ "ރެޑް-ރޮކް ލޭންޑް ސްކޭޕް"ގައި ދަތުރު ކުރަމުން ދިޔަ މި ބަސް ހައިވޭގެ ގަރޑް ރެއިލްގައި ޖެހި ހިނގި އެކްސިޑެންޓްގައި، ބަހުގައި ދަތުރު ކުރި 31 މީހުންނަށް ވަނީ އަނިޔާވެފައެވެ. އެކްސިޑެންޓަށް ފަހު 15 މީހުން ކްރިޓިކަލް ކޮންޑިޝަންގައި ވީކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ މައުލޫމާތު ދީފައެވެ. އެހެން ނަމަވެސް މީގެ ތެރެއިން ގިނަ ބަޔަކު މިހާރު ދޫކޮށްލާފައި ވާއިރު ފަސް މީހަކު އަދިވެސް އޮތީ ކްރިޓިކަލް ކޮންޑިޝަންގައެވެ.

ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ބަހުގައި ދަތުރު ކުރި ގިނަ މީހުން ތިބީ ސީޓް ބެލްޓް ނާޅައެވެ.

ހުކުރު ދުވަހުގެ މި އެކްސިޑެންޓް ހިނގާފައި ވަނީ ޔޫޓާގެ ބްރައިސް ކެންޔަން ނެޝަނަލް ޕާކް ކައިރިންނެވެ. އެކްސިޑެންޓްގައި ބަސް ދުއްވަން އިނީ އެމެރިކާގެ ރައްޔިތެއް ކަމަށާއި އޭނާ އިނީ މަސްތުވެފައި އިން ހާލަތެއްގައި ނޫންކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ. އަދި ފުލުހުން ދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް