ކ. މާލެ
|
21 ސެޕްޓެންބަރ 2019 | ހޮނިހިރު 05:14
އަލިފާނުގެ ހާދިސާގެ ތެރެއިން
އަލިފާނުގެ ހާދިސާގެ ތެރެއިން
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
4 ގުދަނެއްގައި ރޯވި: އެމްއެންޑީއެފް
 
ހާދިސާގައި އެމްއެންޑީއެފްގެ 12 ވެހިކަލެއްގެ އިތުރުން އެމްއޭސީއެލް ގެ ވެހިކަލެއްވެސް ހަރަކާތްތެރިވި
 
6 ގެއެއްގައިވެސް ރޯވި

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކަކާ، އަދި ގުދަންތަކެއް ހިމެނޭގޮތަށް ހިނގި އަލިފާނުގެ ހާދިސާގައި ޖުމްލަ ހަތަރު ކެމިކަލް ގުދަނެއްގެ އިތުރުން 6 ގެއެއް ރޯވި ކަމަށް އެމްއެންޑީޢެފް އިން ބުނެފިއެވެ.

މި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ ގުދަނާވީ ފަޅީގައި ހުރި ދެ ގެއެއްގެ އިތުރުން އެ ދެގައާއި ޖެހިގެން ހުރި އެހެން ގުދަނެއްގައި ވެސް ރޯވި ކަމަށް މައުލޫމާތު ދީފައިވެއެވެ. ރޯވި ގެއާއި ޖެހިގެން ހުރި 3 ގެއެއްގައި ވެސް ރޯވި ކަމަށް ވެސް މައުލޫމާތި ދީފައިވެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އަލިފާންގަނޑު އެހާ ބޮޑަށް ފެތުރެން މެދުވެރިވި ސަބަބަކީ 4 ގުދަނެއްގައި ރޯވުމެވެ. އަދި އެ 4 ގުދާނުގައިވެސް ހުރީ އަލިފާން ހިފާ ބާވަތްތަކުގެ ކެމިކަލްތަކެއްކަމަށެވެ. މި ހާދިސާގައި 7 އިމާރަތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި އަލިފާނުގެ ހާދިސާގައި އެމްއެންޑީއެފްގެ 12 ވެހިކަލެއްގެ އިތުރުން އެމްއޭސީއެލް ގެ ވެހިކަލެއްވެސް ހަރަކާތްތެރިވިއެވެ.

އެމްއެންޑީޢެފް އިން މައުލޫމާތު ދިން ގޮތުގައި

އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 26 19 ހާއިރު ކަމަށާއި ގިނަ އަދަދެއްގެ ސައިކަލުތަކެއް އެ ގޯޅީގައި ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެމްއެންޑީއެފްގެ ވެހިކަލް ތަކަކަށް ނުވަދެވި ލަސްވި ކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާއިރު އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ، އަބަދަށްފަހި މަގުގައި ހުރި ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
75%
13%
13%
0%
ކޮމެންޓް