ކ. މާލެ
|
16 ސެޕްޓެންބަރ 2019 | ހޯމަ 18:31
ކިމް
ކިމް
ގޫގުލް
ކިމް ކްލައިސްޓާސް
ކިިމް ކްލައިސްޓާސް އަލުން ޓެނިސް ކޯޓަށް
 
ކިމް ވަނީ މީގެ ކުރިން ވެސް ރިޓަޔާމެންޓަށް ފަހު އެނބުރި ކުޅެން ނިކުމެފަ

2012 ވަނަ އަހަރު ޓެނިސް ކުޅުން ހުއްޓައިލި ބެލްޖިއަމްގެ އަންހެން ޓެނިސް ކުޅުންތެރިޔާ ކިމް ކްލައިސްޓާސް އަލުން ޓެނިސް ކޯޓަށް ނިކުތުމަށް ނިންމައިފިއެވެ.

ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވާ މިހާރު އުމުރުން 36 އަހަރުގެ ކިމް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޓެނިސް ކުޅުން ހުއްޓައިލައިފައެވެ. އޭނާ އެންމެ ފުރަތަމަ ރިޓަޔާކުރީ 2007 ވަނަ އަހަރު ދަރިޔަކު ލިބުމުން އާއިލާއަށް ވަގުތު ދޭން ކަމަށް ބުނެއެވެ. ނަމަވެސް އޭގެ ދެއަހަރު ފަހުން އެނބުރި ޓެނިސް ކޯޓަށް ނިކުމެ އޭނާ ވަނީ އޭނާގެ ހުނަރު އަލުން އަނބުރާ ދުނިޔެއަށް ދައްކައިލައިފައެވެ. އެގޮތުން ގްރޭންޑް ސްލޭމް ތިން މުބާރާތް އޭނާ ވަނީ ކަމިޔާބުކޮށްފަ އެވެ. ދެވަނަ ފަހަރު އޭނާ ރިޓަޔާކުރި އިރު އޭނާ ވަނީ ގްރޭޑް ސްލޭމް ހަ މުބާރާތް ކާމިޔާބުކޮށް ދުނިޔޭގެ ރޭންކިންގް ގެ އެއްވަނައިގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަންނަ އަހަރު ކިމް ކުޅުމުގެ ތެރެއަށް ނިކުންނާނެއެވެ. އެގޮތުން މިހާރު އޭނާ އަންނަނީ ކޯޗަކާއިއެކު ތަމްރީނުތައް ހަދަމުންނެވެ. ކިމް ދާދިފަހުން މީޑިއާ އަށް ދިން އިންޓަރވިއުއެއްގައި ބުނީ އޭނާ އެނބުރި ޓެނިސް ކޯޓަށް އައުމަށް ޝައުގުވެރިވީ ސެރީނާ ވިލިއަމްސް އާއި ވިކްޓޯރިއާ އަޒަރެންކާ މަންމަ އެއްގެ ގޮތުގައި ހުރެ ޓެނިސް ކޯޓުގައި ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ އުންމީދަކީ އެންމެ ގަޔާވާ ކުޅިވަރުގެ އެންމެ މަތީ ފަންތީގެ މުބާރާތް ތަކުގައި އަލުން ކުޅުން ކަމަށާއި ގްރޭންޑް ސްލޭމް މުބާރާތެއްގައި އޭނާ ގެ ފެންވަރު ވަޒަންކޮށްލުން ކަމަށެވެ.

ވޯލްޑް ޓެނިސް އެސޯސިއޭޝަނުގެ ޗެއާމަން ބުނީ ކިމް ފަދަ ކުޅުންތެރިޔަކު އަލުން އެނބުރި ޓެނިހުގެ ތެރެއަށް އައުމަކީ އޭނާގެ ސަޕޯޓަރުންނަށާއި ޓެނިސް އާއިލާއަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް