ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 19:38
މެސީ (ވ) އަދި ނޭމާ (ކ)
މެސީ (ވ) އަދި ނޭމާ (ކ)
ގެޓީ އިމޭޖަސް
ނޭމާ
ނޭމާ އަނބުރާ ބާސާއަށް ގެންނަން ބޭނުން: މެސީ
 
ޕީއެސްޖީއާ ނެގޯޝިއޭޓް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް މެސީ ބުނޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ އަނބުރާ ބާސެލޯނާއަށް ގެންނަން ބޭނުންވާ ކަމަށް ބާސާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ ބުނެފިއެވެ.

ސްޕެއިންގެ ނޫހެއްކަމަށްވާ ސްޕޯޓްއަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ، ނޭމާ އަނބުރާ ބާސާއަށް ގެންނަން ޕީއެސްޖީން މަސައްކަތްކުރި ވަރު އޭނާއަށް ނޭނގޭ ކަމަށާއި، ނަމަވެސް ޕީއެސްޖީއާ ނެގޯޝިއޭޓް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަން އެނގޭ ކަމަށެވެ.

ނޭމާ އަނބުރާ ބާސާއަށް ނުގެނުވުމުން މާޔޫސް ނުވާކަން ފާހަނގަކުރަމުން މެސީ ބުނީ، މިހާރު ބާސާގައި އޮތް ސްކޮޑާއެކުވެސް ކްލަބަށް ކަންތައްތަކެއް ހާސިލްކުރެވިދާނެ ކަމަށެވެ.

ނަމަވެސް މެސީ ބުނީ، ނޭމާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށާއި، އޭނާއާއެކު ސްކޮޑު ވަރުގަދަވުމުގެ އިތުރުން ކްލަބަށްވެސް އެކި ގޮތްގޮތުން ފައިދާވާނެ ކަމަށެވެ.

މީގެއިތުރުން މެސީ ބުނީ، އެއްވެސް ކުޅުންތެރިޔަކު ނޭމާގެ ސޮއި ހޯދުމަށް ކްލަބުގައި އެދިފައިނުވާނެ ކަމަށާއި، ކުޅުންތެރިން ހަމައެކަނި ކުރި ކަމަކީ އެކަމާ ގުޅިގެން ހިޔާލު ފާޅުކުރުން ކަމަށެވެ.

ޕްރީ ސީޒަންގައި ދިމާވި އަނިޔާގެ މައްސަލައަކާ ގުޅިގެން އަނިޔާގައި ހުރި މެސީއަށް އަދި އަނބުރާ ދަނޑަށް އަންނަން ދުވަސްކޮޅެއް ނަގާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
25%
0%
25%
0%
50%
ކޮމެންޓް