ހޯމަ 20 ޖެނުއަރީ 2020
2 ހުވަން
1441 ޖުމާދަލްއޫލާ 25
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32
ރާއްޖެ - މޯލްޑިވްސް ޕޮލިސް ސަރވިސް

ގޭސް ފުޅިއެއް ގޮވި ހާދިސާގައި ހަތް މީހަކަށް އަނިޔާވެ އެކަކު އައިސީޔޫގައި

  • ހާދިސާ ހިނގާފައިވަނީ ރޭ

ތަހާރަތު މުހައްމަދު ވަހީދު
thahavahyd

ކ. މާލެ 12 ސެޕްޓެންބަރ 2019 | ބުރާސްފަތި 13:01 2,938

ނޯތު ހާބަރުގައި މުދާތަކެއް ބަރުކުރަނީ. ރޭ ވަނީ އެ ހާބަރުގައި އޮތް ބޯޓެއްގައި ގޭސްފުޅިއެއް ގޮވައި އެބޯޓުގެ މީހުންނަށް އަނިޔާވެފައި - ޝުއައިބް މުހައްމަދު އިގްބާލް

ނޯތު ހާބަރުގައި އޮތް ބެސްޓް ލައިން ނަމަކަށް ކިޔާ ބޯޓެއްގައި ގޭސްފުޅިއެއް ގޮވައިގެން ހިނގި ހާދިސާގައި ހަތް މީހަކަށް އަނިޔާވެ އެކަކު އައިސީޔޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބުދަ ދުވަހުގެ ރޭ 7:15 ހާއިރު ފަރުވާ ދިނުމަށް އައިސީޔޫއަށް އެކަކު ގެންގޮސްފައިވާ ކަމަށެވެ. ގޭސްފުޅި ގޮވި ހާދިސާގައި އަނިޔާވެފައިވަނީ ފަސް ދިވެހި ފިރިހެނުންނަށާއި ދެ ބަންގްލަދޭޝް މީހުންނަށެވެ.

އޭގެތެރެއިން އައިސީޔޫއަށް ގޮސްފައިވަނީ ބަންގްލަދޭޝް މީހެކެވެ. ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ބޯޓުގައި ހުރި ގޭސްފުޅިތައް މަތީގައި ގިނަ އަދަދެއްގެ މުދާ ޖަހާފައި ހުރިކަން ފާހަގަ ވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިސީޔޫގައި އޮތް ބިދޭސީ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗް އިންނެވެ. އެކަމާއި ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް