އާދީއްތަ 22 ސެޕްޓެންބަރ 2019
02 އަތަ
1441 މަހައްރަމް 23
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15
ކުޅިވަރު - ޔޫރޯ ކޮލިފިކޭޝަން

ޔޫރޯ ކޮލިފިކޭޝަން: ޖަރުމަނު ބަލިކޮށް ނެދަލޭންޑްސް އިން އުންމީދު އާ ކޮށްފި

  • މި މެޗު ނެދަލޭންޑްސް އިން ކާމިޔާބު ކޮށްފައިވަނީ 4-2 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
AthifAthoof

ކ. މާލެ 7 ސެޕްޓެންބަރ 2019 | ހޮނިހިރު 08:45 1,588

ނެދަލޭންޑްސް އަދި ޖަރުމަނު ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖާސް

ޔޫރޯ ކޮލިފިކޭޝަނުގައި ޖަރުމަނު އަދި ނެދަލޭންޑްސް ބައްދަލުކުރި މެޗު ނެދަލޭންޑްސް އިން ކާމިޔާބުކޮށް އުންމީދު އާ ކޮށްފިއެވެ.

ނެދަލޭންޑްސް އިން މި މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ކުރީ ކޮޅުގައި ޖަރުމަނުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި ޖަރުމަނަށް ކާމިޔާބުކޮށްދިނީ ސާރޖް ގެނަބްރީއެވެ.

މި ލަނޑާއެކު ނެދަލޭންޑްސް އިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ޖަރުމަނުގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފެއްދިއެވެ. ނަމަވެސް ޖަރުމަނުގެ ޑިފެންޑަރުން ވަނީ ހުށިޔާރުކަމާއެކު ނެދަލޭންޑްސް އިން ފޮނުވާލި ހަމަލާތައް ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ނެދަލޭންޑްސް އިން ބޯޅަ ކޮންޓްރޯލްކޮށް މޮޅަށް ކުޅުނުއިރު އެޓީމުން ވަނީ މެޗުގެ 59 ވަނަ މިނެޓުގައި ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑި ޔަންގްއެވެ.

މެޗުގައި ނެދަލޭންޑްސް އިން ޖެހި ދެވަނަ ލަނޑަކީ ޖަރުމަނު ކުޅުންތެރިއެއް ގައިގައި ޖެހިފައި ބައިކޮޅައް ވަތް ލަނޑެކެވެ.

ނެދަލޭންޑްސް އިން ލީޑު ނެގުމާއި އެކު ޖަރުމަނުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ

ކޮށްފައެވެ. މި ލަނޑު ޖަރުމަނަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ޓޯނީ ކްރޫޒްއެވެ.

މެޗުން ނެދަލޭންޑްސް މޮޅުކޮށްދިން ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ މަލެން އަދި ވިޖްނަލްޑަމްއެވެ.

މި މޮޅާއެކު ނެދަލޭންޑްސް އިން އޮތީ ހަ ޕޮއިންޓާއި އެކު ގްރޫޕްގެ ތިން ވަނައިގައެވެ. މެޗުން ބަލިވި ޖަރުމަނު ނުވަ ޕޮއިންޓާއި އެކު ދެވަނައިގައި އޮތް އިރު އެއްވަނައިގައި 12 ޕޮއިންޓާއެކު އޮތީ ނޮދާން އައިލޭންޑްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް