ކ. މާލެ
|
6 ސެޕްޓެންބަރ 2019 | ހުކުރު 10:31
ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަރޓް މުގަބޭ
ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަރޓް މުގަބޭ
އީޕީއޭ
ރޮބަރޓް މުގާބޭ
ޒިމްބާބްވޭގެ ކުރީގެ ރައީސް މުގާބޭ އަވަހާރަވެއްޖެ
 
ވެރިކަމުގައި 37 އަހަރު ހޭދަކުރެއްވި
 
ސިއްހީ ހާލުކޮޅު ގޯސްވެ ފަރުވާ ހޯއްދަވަމުން ގެންދެވި
 
އަވަހަރަވީ އުމުރުފުޅުން 95 އަހަރުގައި

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަުރާޓް މުގާބޭ އުމުރުފުޅުން 95 އަހަރުގައި އަވަހާރަވެއްޖެއެވެ.

މުގާބޭގެ އާއިލާއާއި ހަވާލާތީ ބީބީސީގައި ރިޕޯރޓްކޮށްފައިވާގޮތުން މުގާބޭ އަވަަހާރަވެފައިވަނީ ސިއްހީ ހާލުކޮޅު ގޯސްވެ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެގޮތުން މުޤާބޭ އަވަހާރިވިކަން ޒިމްބާބްވޭގެ އެޑިއުކޭޝަން ސެކެޓްރީ ފަދްޒާޔީ މަހެރެ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަރޓް މުގާބޭ

ވެރިކަމުގައި 37 އަހަރު ހޭދަކުރެއްވުމަށްފަހު އަސްކަރިއްޔާ މެދުވެރިވެގެން 2017 ވަނަ އަހަރު ރައީސް މުގާބޭ ވެރިކަމުން ދުރުކޮށްފައިވާއިރު، އެ ދުވަސްތަކުގައި މުގާބޭ ވަނީ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ގިނަ ޚަރަދުތަކެއް ކުރައްވާފައެވެ. އެގޮތުން މުގާބޭވަނީ ވެރިކަން ނިމުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ސިއްހީ ފަރުވާ ހޯއްދެވުމަށް އެތައް ދަތުރުތަކެއް ކުރައްވާފައެވެ.

މުގާބޭގެ 37 އަހަރުގެ ވެރިކަމަށް ނިމުމެއް އައިސް މިހާރު އެ ގައުމުގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ އޭނާގެ ނާއިބު ރައީސްގެ މަގާމު އަދާކުރެއްވި އުމުރުފުޅުން 75 އަހަރުގެ އެމަސަން ނަންގަގްވާއެވެ.

މުގާބޭގެ ސިޔާސީ ހަޔާތުގެ ފެށުން

ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތުމުގެ ކުރިން މުގާބޭއަކީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. 1951ވަނަ އަހަރު ޒިމްބާބްވޭގެ ޔުނިވަރސިޓީ އޮފް ފޯޓް ހަރާރޭއިން ހިޒްޓްރީ އެންޑް އިންގްލިޝް އިން ޑިގްރީ ހާސިލްކުރެއްވުމަށް ފަހު އަވަށްޓެރި ޒެމްބިއާ އަދި ގާނާގައި ކިޔަވައިދެއްވަން މުގާބޭ މަސައްކަތްކުރެއްވިއެވެ. އަދި ޒިމްބާބްވޭގައިވެސް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ.

މުގާބޭގެ ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ 1960ވަނަ އަހަރުއެވެ. އެގޮތުން އެ އަހަރު ޒިމްބާބްވޭގެ ނޭޝަނަލް ޑިމޮކްރެޓިކް ޕާޓީގެ ޕަބްލިސިޓީ ސެކެޓްރީއަށް އައްޔަން ކުރެވުނެވެ. އަދި ޖެހިގެން އައި އަހަރު ޒިމްބާބްވޭ އެފްރިކަން ޕީޕަލްސް ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވިއެވެ. ފަހުން އެޕާޓީ ހަރަކާތްތެރިވުން މަނާކުރެވުނެވެ. ސިޔާސީ މަސްރަހުގައި ޒިމްބާބްވޭގައި އޮތް އިނގިރޭސި ނަސްލުގެ ވެރިކަމާއި ދެކޮޅަށް ހިންގެވި ހަރަކާތްތަކާއިއެކު މުގާބޭ އެންމެ ފުރަތަމަ ޖަލަށް ލެވުނީ 1962ވަނަ އަހަރުގައެވެ. އަދި ޖެހިގެން އައި އަހަރު ޒާނޫ ޕާޓީ އުފައްދަވައި، އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މުގާބޭ ވަޑައިގަތެވެ.

1964 ވަނަ އަހަރު ޝަރީޢަތަކާއި ނުލައި އަނެއްކާވެސް މުގާބޭ ޖަލަށް ލެވުނެވެ. އަދި 1974 ވަނަ އަހަރު ޖަލުން ފިއްލަވައިގެން ވަޑައިގެން އެފްރިކާ ބައްރުގެ އެހެން ޤައުމެއް ކަމަށްވާ މޮޒަމްބީކްގައި ހުންނަވައިގެން ޒިމްބާބްވޭގެ އޭރުގެ ސަރުކާރާއި ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހިންގެވިއެވެ. މިހަރަކާތްތައް 1979ވަނަ އަހަރާއި ހަމަޔަށް ދިގުދެމިގެން ދިޔައެވެ.

ޒިމްބާބްވޭގެ ހަމަނުޖެހުމަށް ނިމުމެއް އައީ 1979 ވަނަ އަހަރު އިއަން ސްމިތުގެ ވެރިކަން ނިމި، އެފްރިކާ ދަރިކޮޅުގެ އަތްމައްޗަށް ޒިމްބާބްވޭގެ ވެރިކަން ފުރޮޅިގެންނެވެ. އެއާއިއެކު 1980ވަނަ އަހަރު ޒިމްބާބްވޭގެ ބޮޑުވަޒީރުކަމުގެ މަޤާމަށް މުގާބޭ ވަޑައިގަތެވެ. އަދި 1987ވަނަ އަހަރާއި ހަމަޔަށް އެމަޤާމުގައި ހުންނެވުމަށްފަހު 1988ވަނަ އަހަރު ޒިމްބާބްވޭގެ ރައީސްކަމަށް ވަޑައިގަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
13%
75%
0%
13%
0%
ކޮމެންޓް