ހުކުރު 28 ފެބުރުއަރީ 2020
ފުރަބަދުރުވަ 2
1441 ރަޖަބު 05
ފަތިސް 05:05
އިރުއަރާ 06:16
މެންދުރު 12:23
އަސްރު 15:36
މަޣްރިބް 18:21
އިޝާ 19:33
ކުޅިވަރު - ޔޫރޯ ކޮލިފިކޭޝަން

ޔޫރޯ ކޮލިފިކޭޝަން: ރޯމޭނިއާ ބަލިކޮށް ސްޕެއިން އިން އެއް ވަނައިގައި ހަމަޖެހިލައިފި

  • މި މެޗު ސްޕެއިން އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުން

ލީވާން އަލީ
MrLeevaan

ކ. މާލެ 6 ސެޕްޓެންބަރ 2019 | ހުކުރު 11:06 1,801

ސާޖިއޯ ރާމޯސް - ގޫގުލް

ޔޫރޯ ކޮލިފިކޭޝަންގައި ރޮމޭނިއާ އަދި ސްޕެއިން ބައްދަލުކުރި މެޗު ސްޕެއިން އިން ކާމިޔާބުކޮށްފިއެވެ.

ރޮމޭނިއާގައި ކުޅުނު މި މެޗު ސްޕެއިން އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ބޯޅަ ކޮންޓްރޯލްކޮށް މޮޅަށް ކުޅެފައިވަނީ ސްޕެއިންއިންނެވެ. އެގޮތުން ސްޕެއިން އިން ވަނީ ރޮމޭނިއާގެ ހާފަށް ބާރު ބޮޑު ކޮށްފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ސްޕެއިން އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޯސްއެވެ.

މި ލަނޑާއެކު ރޮމޭނިއާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅު ކޮށް ސްޕެއިންގެ ގޯލަށް ހަމަލާ އުފައްދަން މަސައްކަތް ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅު ސްޕެއިން އިން ވަނީ ލަނޑު ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްކަސާއެވެ.

މި ލަނޑާއެކ ރޮމޭނިއާއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ރޮމޭނިއާއިން ވަނީ ލަނޑު ޖަހާ ލީޑުގެ ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އެންޑޯންއެވެ.

މި ނަތީޖާއާއި އެކު ސްޕެއިން އޮތީ 15 ޕޮއިންޓާއިއެކު ގްރޫޕް އެފްގެ އެއްވަނައިގައެވެ. އަދި ރޮމޭނިއާ އޮތީ ހަތް ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. ގްރޫޕް އެފްގެ ދެވަނައިގައި 10 ޕޮއިންޓާއިއެކު ސްވިޑެން އޮތް އިރު ތިންވަނައިގައި ނޯރވޭ އޮތީ 8 ޕޮއިންޓާއެކު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް